ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު ވަހީދާއެކު މިރޭ ބޭއްވެވީ ރަހުމަތްތެރިކަމުގެ ބައްދަލުވުމެއް ކަމަށާއި އެ ބައްދަލުވުމުގައި "މާ ހާއްސަ ވާހަކަތަކެއް ނުދެކެވޭ ކަމަށް" ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.މުލީއާގޭގައި ބޭއްވެވި އެ ބައްދަލުވުމާ ގުޅޭ ގޮތުން "ހަވީރު" ން ފޮނުވި އެސްއެމްއެސްއެއްގެ ޖަވާބުގައި މައުމޫން ވިދާޅުވީ ރައީސް ވަހީދަކީ އެ މަނިކުފާނު ވަރަށް އިހުތިރާމް ކުރައްވާ ބޭފުޅެއް ކަމަށެވެ. އަދި ދެ ބޭފުޅުންނަކީ ވެސް ކުރިއްސުރެ ދެ ރަހުމަތްތެރިން ކަމަށް މައުމޫން ވިދާޅުވި އެވެ."މިރޭގެ ބައްދަލު ކޮށްލުމަކީ ވެސް ރަހުމަތްތެރިކަމުގެ ބައްދަލު ކޮށްލުމެއް،" މައުމޫން ވިދާޅުވި އެވެ.މި ބައްދަލުވުމާ ގުޅޭ ގޮތުން ޕީޕީއެމްގެ އިންތިގާލީ ނާއިބު ރައީސް އުމަރު ނަސީރު ވިދާޅުވީ ރައީސް ވަހީދާއި މައުމޫންގެ ބައްދަލުވުމަކީ ސިޔާސީ ކަމެއް ނަމަ އެ ޕާޓީގެ ކައުންސިލްގައި މަޝްވަރާ ކުރައްވާނެ ކަމަށެވެ."ދޭތެރެ ދޭތެރެއިން ދެ ބޭފުޅުން އެ ގޮތަށް ބައްދަލު ކުރައްވާ. ލަންޗް ނޫނީ ޑިނާ ބާއްވާ. އަޅުގަނޑަށް އެނގިފައިވާ ގޮތުން މިރޭ ވެސް ބޭއްވެވީ އެފަދަ ބައްދަލުވުމެއް،" އުމަރު ވިދާޅުވި އެވެ.ރައީސް ވަހީދާއި މައުމޫން ބައްދަލުކުރެއްވިއިރު 2013 ގެ ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ކެންޑިޑޭޓެއްގެ ގޮތުގައި ރައީސް ވަހީދު ނުކުމެވަޑައިގަންނަވާނެ ކަމުގެ ވާހަކަތައް ވަނީ ފެންމަތިވެފަ އެވެ. އެހެން ނަމަވެސް މައުމޫން ވިދާޅުވެފައި ވަނީ ރައީސް ވަހީދު ވެސް ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީ އަށް ކުރިމަތިލައްވައި ކާމިޔާބު ކުރައްވައިފި ނަމަ އެ ފުރުސަތު އޮންނާނެ ކަމަށެވެ.
ރައީސް ވަހީދު ވެރިކަމާ ހަވާލުވެވަޑައިގެންނެވިތާ ކުރީކޮޅުގައި ވެސް ރައީސް ވަހީދާއި ކުރީގެ ރައީސް މައުމޫން ވަނީ ބައްދަލުކުރައްވައިފަ އެވެ. އެ ބައްދަލުކުރެއްވުން އޮތީ ކުރީގެ ރައީސް މައުމޫން ދިރިއުޅުއްވާ އެންދެރިމާގޭގަ އެވެ.
ރައީސް ވަހީދާ އެކު ބޭއްވީ ރަހުމަތްތެރިކަމުގެ ބައްދަލުވުމެއް: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ