ހއ ބާރަށު ސްކޫލްގެ ޕްރިންސިޕަލް މުހައްމަދު އާސިފް އިސްތިއުފާ ދީފި އެވެ.
ޕްރިންސިޕަލް ކަމުން އާސިފް އިސްތިއުފާ ދީފައިވަނީ އިއްޔެގެ ވަގުތެއްގަ އެވެ. ކުރިން ހދ ހަނިމާދޫ ސްކޫލުގެ ޓީޗަރެއްގެ މަގާމުގައި ހުރި އާސިފް ބާރަށު ސްކޫލްގެ ޕްރިންސިޕަލް ކަމާ ހަވާލުވީ ބާރަށުގެ ވަރަށް ގިނަ ރައްޔިތުންގެ އެދުމުގެ މަތިންނެވެ.
ބާރަށު ސްކޫލްގެ ޕްރިންސިޕަލް ކަމުގައި އާސިފް އަހަރެއް ހާ ދުވަސް ހޭދަކޮށްފައިވާއިރު އޭނާ ވަނީ އޭނާ ވަނީ ސްކޫލުގެ ގިނަ ކަންތައްތަކެއް ހަރުދަނާކޮށްފައި ކަމަށް އެ ރަށުން ދުވަހަށް މައުލޫމާތު ދިން މީހަކު ބުންޏެވެ.
“ބާރަށު ސްކޫލަކީ ވަރަށް ދައްކޮށް އޮތް ސްކޫލެއް، އެހެންނަމަވެސް މިއަދު އެ ހާލަތު މިވަނީ ވަރަށް ބޮޑަށް ބަދަލުވެފައި، އާސިފް އިސްތިއުފާ ދިނުމަކީ އަހަރުމެންނަށް ލިބުނު ވަރަށް ބޮޑު ދެރައެއް” ދުވަހަށް މައުލޫމާތު ހިއްސާކުރި ބެލެނިވެރިއަކު ބުންޏެވެ.
ދުވަހަށް މައުލޫމާތު ދިން ބައެއް ފަރާތްތަކުން ބުނީ އާސިފް އެ މަގާމުން އިސްތިއުފާ ދެއްވީ ސްކޫލުގެ މުވައްޒަފުންގެ ސަލާމް ބުނުން އިންތިހާއަށް އިތުރުވުމާއި ސްކޫލް ހިންގުމުގައި އެއްބާރުލުން ނުދިނުމާއި ޖެއްސުން ކުރުމުގެ ރޫހުގައި ބައެއް ފަރާތްތަކުން އާސިފް އާ ދެކޮޅަށް ކަންކަން ކުރާތީ ކަމަށެވެ.
ބާރަށު ސްކޫލް ޕްރިންސިޕަލް މަގާމުން އިސްތިއުފާ ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ