މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރުނެތްކަމުގެ މައްސަލައިގާ މަޖިލީހަށް ހުށަހަޅާފައިވާ ލިސްޓްގައި ސޮއި ކުރެއްވި ކަމަށް އިސްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު ވިދާޅުވެއްޖެ އެވެ.
އެމްޕީ އަހުމަދު ރަޝީދު މިހެން ވިދާޅުވީ މިއަދު ޕީޕީއެމް އެމްޑީއޭ ޖޮއިންޓް ޕީޖީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެމްޕީ އަހުމަދު ރަޝީދު ވިދާޅުވީ އޭގައި ސޮއި ކުރެއްވީ ވަރަށް އިހުތިރާމް ކުރައްވާ ބޭފުޅަކު އެކަމަށް އެދުމުން ކަމަށެވެ. އަދި އެފަދަ ބޭފުޅަކު އެދުމުން އެކަމަށް އިންކާރު ކުރައްވަން ނުކެރުނީ ކަމަށެވެ. އެމްޕީ އަހުމަދު ރަޝީދު ވިދާޅުވީ އެކަމަށް އެދުނީ “ބައްޕައެއް ފަދަ” ބޭފުޅަކު ކަމަށެވެ.
އޭނާ ވިދާޅުވީ އެހެން ނަމަވެސް ސޮއި ކުރި ކުރުމަކީ ކިހާ ބޮޑު ކަމެއްކަން އިހުސާސް ކުރެވިގެން އެ ސޮއި އަނބުރާ ގެންނަން އެދުނު ކަމަށެވެ.
އެމްޕީ އަހުމަދު ރަޝީދު އެ ލިސްޓްގައި ސޮއި ކުރެއްވި ކަމަށް ވިދާޅުވެފައިވާއިރު މީގެ ކުރިން އޭނާ ވިދާޅުވެފައިވަނީ އޭގައި ސޮއި ކުރައްވާފައި ނުވާނެ ކަމަށެވެ. ސޮއި ކުރައްވާފައި ނުވާނެ ކަމަށާއި އެ މައްސަލަ ބަލައިދިނުމަށް އެދޭކަމަށް އެދި މަޖިލީހުގެ ރައީސަށް އެމްޕީ އަހުމަދު ރަޝީދު ސިޓީފުޅެއް ވެސް ފޮނުއްވި އެވެ.
އެމްޕީ އަހުމަދު ރަޝީދު: އޭރު ވިދާޅުވީ ސޮއި ނުކުރައްވަމޭ، މިއަދު ވިދާޅުވީ ސޮއި ކުރެއްވީމޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ