މޫސުން ރަނގަޅު ވާން ފަށައިފި- މެޓް އޮފީސް

މޫސުން ރަނގަޅުވަމުން އަންނަ ކަމަށް ގާއުމީ މޫސުމާ ބެހޭ އިދާރާ މެޓް އޮފީހުން ބުނެފިއެވެ.
މިއަދު ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ވައި މަޑުވާނެކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.
މެޓް އޮފީހުން ވިދާޅުވެފައިވާ ގޮތުގައި މިއަދު މެދުރާއްޖެ ތެރެއާއި އުތުރުގެ އެކި ހިސާބްތަކަށް ވިއްސާރަ ކުރާނެކަމަށާއި އަދި ގުގުރުންވެސް އެކަށީގެން ވާކަމަށެވެ. އަދި އުތުރުގެ ބައެއް ރަށްތަކަށް ބޯކޮ ވާރޭވެހުން އެކަށީގެންވާ ކަމަށާއި އެހެން ނަމަވެސް ދެކުނުގެ މޫސުން އާންމު ގޮތެއްގައި ރަނގަޅުވާނެ ކަމަށް ވެސް މެޓް އޮފހުން ވަނީ ވިދާޅުވެފައެވެ.
މޫސުން ކުރިއަށް ލަފާކުރާ ގޮތަށް ބަލާއިރު ހުޅަނގުދެކުނުން އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 7 މޭލާއި 17 މޭލާ ދެމެދުގައި ބާރުމިނެއްގައި ވައިޖެހޭނެއެވެ. އަދި އެހެން ހިސާބް ތަކަށް ގަޑިއަކު 5 މޭލާއި 15 މޭލު ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެ އެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ