އިލްހާމް އަދި ޝިނާން ދާއިރާގެ ބައި އިލެކްޝަންވެސް ބާއްވަނީ

ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާއި މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާންގެ ގޮނޑި ވެސް ގެއްލިފައިވާ ކަމަށްބުނެ އެ ދެ ދާއިރާގެ ބައި އިލެކްޝަންށްވެސް އިލެކްޝަން ކޮމިޝަނުން ހުޅުވާ ލައިފިއެވެ.
އިލެކްޝަނުން މިހެން ބުނީ ރައްޔިތުންގެ މަޖިލީހުގެ ހަތަރު މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި މިންމުމާއި ގުޅިގެން ސްޕްރީމް ކޯޓުން މިއަދު ނެރުނު ހުކުމާއި ގުޅިގެން އެ ދާއިރާ ތަކުގެ ބައި އިލެކްޝަން ކުރިއަށް ގެންދިއުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުމާއި އެކުގައެވެ.
އިލެކްޝަނުންބުނީ ދަނގެތީ ދާއިރާއާއި މައްޗަންގޮޅި ދެކުނު ދާއިރާގެ ގޮނޑިވެސް ގެއްލިފައިވާ ކަމަށާއި އެހެންކަމުން އެ ދެ ދާއިރާގެ ބައި އިލެކްޝަންސްވެސް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމުގައެވެ.
އެ ކޮމިޝަނުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސުޕްރީމް ކޯޓްގެ އަމުރަށް ބަލައި ހަތަރު ދާއިރާގެ ބައި އިލެކްޝަން އިއުލާންކޮށްފައި ވަނިކޮށް އެކަމާ ގުޅޭ މައްސަލަތަކެއް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާތީ އެ މައްސަލަތަކަށް ވަކި ގޮތެއް ނިންމަންދެން އެ ދާއިރާތަކުގެ ބައި އިލެކްޝަން މަޑު ޖައްސާލާފައި އޮތުމަށްފަހު ސުޕްރީމް ކޯޓުން މިއަދު ނިންމާފައިވާ ނިމުގައި ކޮމިޝަންގެ ނިންމުން ބަދަލު ކުރަން ޖެހޭނެ ކަމަށް ބަޔާންކޮށްފައި ނުވާތީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ގަވާއިދުގައިވާ ގޮތުގެ މަތިން ހުސްވެފައިވާ ދާއިރާތަކުގެ ބައި އިލެކްޝަން ކުރިޔަށް ގެންދަން ނިންމާފައިވާ ކަމަށެވެ.
ހަތަރު މެމްބަރުންގެ ގޮނޑި ގެއްލިއްޖެކަމަށް ނިންމާ ބައި އިލެކްޝަން ކުރިއަށް ގެންދިއުމަށް އިލެކްޝަނުން ނިންމި އިރު މިއަދު ސްޕްރީމް ކޯޓުން ނެރުނު ހުކުމުމް މާނަ ކުރުމުގައި ވަނީ ހިޔާލު ތަފަތު ވެފައެވެ.
ދިއްދޫ ރާއިރާގެ މެމްބަރު އަބުދުއްލަތީފް މުހައްމަދާއި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން އާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތުގެ ގޮނޑި ގެއްލިއްޖެކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި ކަނޑައެޅުމަކީ ބާތިލް ނިމްމުމެއްކަމަށާއި އެ މެމްބަރުންގެ ގޮނޑި ނުގެއްލޭކަމަށް ކަނޑައެޅުމަށް ސްޕްރީމް ކޯޓަށް ހަތަރު މެމްބަރުން ވަކިވަކިން ހުށައެޅި މައްސަލައިގައި ނެރެފައިވާ ހުކުމުގައި ހަތަރު މެމްބަރެއްގެ ގޮނޑީގެ މައްސަލާގައި އިތުރަށް ނިންމަން ޖެހޭ ނިންމުމެއް ނެތް ކަމަށް ސްޕްރީމް ކޯޓުން މިރޭ ވަނީ ކަނޑައަޅާފައެވެ.
ނަމަވެސް މިމައްސަލާގައި މި ހަތަރު މެމްބަރުންގެ ގޮނޑި ގެއްލުނު ކަމެއް ނުވަތަ ނޫންކަމެއްވެސް ސާފު ބަހުން ސްޕްރީމް ކޯޓުން މިއަދު ނެރުނު ހުކުމުގައި ކަނޑައަޅާފައެއް ނުވެއެވެ.
މިމައްސަލާގައި ސްޕްރީމް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ އެ ކޯޓްގެ ކުރީގެ ގަޒިއްޔާގައި ކަނޑައަޅާފައިވާ އަހުކާމްތައް ފެތޭނީ އެ ހުކުމް ކުރި ތާރީހު ކަމަށްވާ 13 ޖުލައި 2017 ގެ ފަހުން ހިނގާ ކަންތައްތައްތަކުގެ މައްޗަށް ކަމުގައެވެ.
އަދި އެ ހުކުމުގައި އެ އަހުކާމްތައް އިތުރަށް ކަށަވަރުކޮށްދީފައިވާނެކަމާއި ވީމާ އެ ގަޒިއްޔާގައި ވާ އަހުކާމުތައް ތަތުބީބުވާނީ އެ ތާރީހުގެ ފަހުން އަމަލުކުރާ ގޮތެއްގެ މައްޗަށް ކަމަށްވެސް ސްޕްރީމް ކޯޓުން މިރޭ ނެގުނު ހުކުމުގައި ބުނެފައިވެއެވެ.
އެ މައްސަލައަކީ ގާނޫނީ ގޮތުން ހައްލު ދެއްވިފައިވާ މައްސަލައެއްކަމަށާއި އެހެންކަމުން އެ މައުޟޫއާ ގުޅޭ ގޮތުން އިތުރު ހުކުމެއް ކުރަން ނުޖެހޭނެ ކަމަށްވެސް ސްޕްރީމް ކޯޓުން ނެރުނު ހުކުމުގައި ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ