މިއަދު މެންދުރު ފަހު ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިދާނެ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ބުނެފިއެވެ.
ސްޓެލްކޯއިން ބުނީ އެ ކުންފުނިން ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކައި މިއަދު މެންދުރު 14:00 އިން 15:30އަށް ބައެއް ސަރަހައްދުން ކަރަންޓު ކެނޑުން އެކަށީގެންވާ ކަމަށެވެ.
ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން އަންގާފައިވާ ސަރަހައްދުތަކަކީ ގަލޮޅު ކަށިމާ ހިނގުމާއި ބުުރުމަގާއި ލޮނުޒިޔާރަތް މަގާއި މޫނިމާ ހިނގުމާއި އިރުދޭމާ ހިނގުމާއި ދޮން އަންނާރު ހިނގުން ހިމެނޭ ސަރަހައްދެވެ.
މެންދުރު ފަހު ބައެއް ސަރަައްދުތަކުން ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ