ދިވެހިންނަކީ މިނިވަންކަން ދެމެހެއްޓުމަށް ގުރުބާންވާ ބައެއް: ރައީސް ނަޝީދު

ދިވެހިންނަކީ މިނިވަންކަން ދެމެހެއްޓުމަށް ގުރުބާންވާ ބައެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ މިއަދު ފާހަގަކުރަމުންމިދާ ދިވެހިރާއްޖޭގެ މިނިވަން ކަމަށް 57 އަހަރު ފުރޭ، 58 ވަނަ މިނިވަން ދުވަހުގެ ތަހުނިޔާ އަރިސްކުރައްވާ ފޮނުއްވި މެސެއްޖައެވެ.
ރައީސް ނަޝީދު ފޮނުއްވި މެސެޖުގައި ވަނީ ދިވެހިންނަކީ އަބަދުމެ މިނިވަންކަމަށް ލޯބި ކުރާ ބައެއް ކަމަށާއި އެ މިނިވަންކަން ހޯދުމަށް އަދި ދެމެހެއްޓުމަށް ގުރުބާންވާ ބައެއް ކަމަށެވެ.
އަދި މިގޮތް އަޅުގަނޑުމެން ދިވެހިން ދުލެއް ނުކުރާނެކަން ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.
ދިވެހިރާއްޖޭގެ މިނިވަން ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރަކު ވެސް ޖުލައި މަހުގެ 26 ވަނަ ދުވަހުގައެވެ.
ސިލޯނުގެ ކޮޅުބުގައި ހުންނަ އިނގިރޭސި ހައިކޮމިޝަނުގައި، މިނިވަންކަމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު އޮތީ ރާއްޖޭ ގަޑިން ހެނދުނު 10:00ގައެވެ. ތާރީޚީ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އޭރުގެ ބޮޑުވަޒީރު އިބްރާޙިމް ނާސިރުއެވެ. އިނގިރޭސި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ސިލޯނުގައި ހުންނަވާ އިނގިރޭސި ހައިކޮމިޝަނަރ ސަރ މައިކަލް ވޯކަރއެވެ.
ފަޚުރުވެރިކަމާއެކު، މިތާރީޚި މުނާސަބާ ކޮންމެ އަހަރަކުވެސް ދިވެހީން ފާހަގަ ކުރަނީ، އިނގރޭސިންގެ އަތްތަށުން އިބުރާހިމް ނާސިރުގެ ވެރިކަމުގައި ދިވެހިރާއްޖެއަށް މިނިވަންކަންލިބުނު މިފަޚުރުވެރި މުނާސަބާ ފާހަގަކުރުމުގެ ގޮތުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ