ރާއްޖޭގެ ދެކުނަށް މޫސުން ވަރަށް ގޯސްވެ، ރީނދޫ ސަމާލު ނެރެފި

ރާއްޖޭގެ ދެކުނުގެ އަޮޅުތަކަށް މޫސުން ވަރަށް ގޯސްވެ، ރީނދޫ ސަމާލު ނެރެފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ރީނދޫ ސަމާލު ނެރުނީ، ގއ. އަތޮޅުން ފެށިގެން އައްޑޫ އަތޮޅާ ހަމައަށެވެ. އާންމު ގޮތެއްގައި ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި އަދި ވިލާގަނޑުގައި 40 މޭލުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކޮށް ނެރުނު މި ސަމާލުގެ މުއްދަތަކީ މިއަދުގެ ހަވީރާ ހަމައަށެވެ.
ހަވީރު 04:30ގެ ނިއަލަށް ނެރެފައިވާ މި ސަމާލާއެކު އެ ސަރަހައްދުގައި ކަނޑުދަތުރުކުރައްވާ ފަރާތްތަކުން ސަމާލުވުމަށް މެޓް އޮފީހުން އެދެއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ވައި ގަދަވެ މޫސުން ގޯސްވުމުގެ ސަބަބުން ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކުރައްވާފައެވެ. އަދި ފެންބޮޑުވުމުގެ ސަބަބުން ދިމާވެދޭނެ ގެއްލުމުން ރައްކާތެރިވުމަށް ދުރާލާ ފިޔަވަޅު އަޅައިގެން ތިބުމަށް ކަމާ ބެހޭ ފަރާތްތަކުން އިލްތިމާސްކުރައްވައެވެ.
ރާއްޖޭގެ އެހެން ސަރަހައްދުތަކުގެ މޫސުން ވެސް ކުރިއަށް އޮތް ވަގުތުތަކުގައި ގޯސްވާނެ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.
ކޮވިޑްގެ ހުރިހާ ފިޔަވަޅެއް އުވާލި ފަހުން ލިބޭ ފުރަތަމަ އީދު ބަންދުގައި އެތައް ބަޔަކު ވަނީ ދަތުރުތައް ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ