ޤައުމުގެ ދުލުން ލަވަ މުބާރާތުން އެއްވަނަ ޢާއިޝަތު ޖޫނީ ޖިނާހަށް!

މޯލްޑިވްސް މިއުޒިކް އެންޑް އާޓްސް ސެންޓަރުން އިންތިޒާމުކޮށްގެން ވީޓީވީއާއި ގުޅިގެން ބޭއްވި ޤައުމީ ލަވަ ހުށަހެޅުމުގެ މުބާރާތް ”ޤައުމުގެ ދުލުން“ގެ އެއްވަނަ ޢާއިޝަތު ޖޫނީ ޖިނާހު ހޯދައިފިއެވެ.
މުޅި މުބާރާތުން އެއްވަނަ އަށް ޖޫނީ ހޮވިފައިވާއިރު، މުބާރާތުން ދެވަނައަށް ހޮވިފައިވަނީ އައިޝަތު އާލާ ހަސަންއެވެ. އަދި ތިން ވަނަ އަށް ހޮވިފައިވަނީ އައިޝަތު ޒާހާ ޝަހީމް އެވެ.
ގައުމުގެ ދުލުން ލަވަ މުބާރާތުގައި 16 އަހަރުން ދަށުގެ އުމުރުފުރާއިން މުބާރާތުގައި ބައިވެރިވި ޖޫނީ ވަނީ މުބާރާތުގެ އެއްވަނައިގެ އިތުރުން ގިނަ ވަނަތަކެއް ހާސިލްކޮށްފައެވެ. އެގޮތުން، ޅެންވެރިކަމުގެ ސީނިއާ ގްރޫޕުން ދެވަނަ އާއި، ސީނިއާ ގުރޫޕްގެ އަމިއްލަ ރާގު އެއް ވަނަ އާއި، 16 އަހަރުން ދަށުގެ އުމުރުފުރާއިން އެއް ވަނަ އަދި، ސީނިއާ ގުރޫޕުން ލަަވަ ހުށައެޅުމުން އެންމެ މޮޅުކަމަށް ފަނޑިޔާރުން ހޮއްވެވި ފަސްލަވައިން އެއްވަނައިގެ އިތުރުން މުޅި މުބާރާތުން އެންމެ ރީތި އަމިއްލަ ރާގު ހިނެމެއެވެ.
މިބާރާތުގައި ޖޫނީ ހުށަހަޅައިދިން ”އަންނާށެ ދާން އުދުހިލާން“ މިލަވައިގެ ޅެން ހައްދަވާފައިވަނީ އިބްރާހީމް ސަމީރުއެވެ. އަދި ރާގު ހައްދަވާފައިވަނީ މުހައްމަދު އަބްދުލް ޣަނީ (ތޭރަވާ) އެވެ. މި ރާގަކީ މި ފަހުން ދިވެއްސަކު ހަދާފައިވާ އެއްމެ ރީތި ދިވެހި ރާގުކަމަށް ގިނަބަޔަކު އަންނަނީ ފާހަގަކުރަމުންނެވެ.
48 ދަރިވަރުން ބައިވެރިވި ގައުމުގެ ދުލުން ލަވަ މުބާރާތް ދައްކާފައިވަނީ އެޕިސޯޑްތަކަކަށް ބަހާލާއިގެން ވީޓީވީ މެދުވެރިކޮށެވެ.
ޢާއިޝަތު ޖޫނީ ޖިނާހު އަކީ މުނިއަވަސް އިން ބޭއްވި ފުރަތަމަ މަދަހަ މުބާރާތުން އޭނާގެ އުމުރުފުރާއިން އެއްވަނަ އާއި ބެލުންތެރިންގެ ވޯޓުން އެއްވަނަ ހޯދި ކުއްޖާކަން ފާހަގަކޮށްލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ