ހެނބަދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިމިއްޖެ

ނ. ހެނބަދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިމިއްޖެ އެވެ.
އެމްޓީސީސީން ބުނީ ޕްލޭނިންގް މިނިސްޓްރީން އެ ކުންފުންޏާ ހަވާލުކޮށްފައިވާ މި މަޝްރޫއުގެ މަސައްކަތް އެއްކޮށް ނިމިފައިވަނީ މިމަހު 21 ގައި ކަމަށެވެ.
ހެނބަދޫ ބަނދަރު ހެދުމުގެ މަޝްރޫއުގެ ދަށުން 44،615 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކޮށް، 259 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށި ލުމާއި 173 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް އެމްޓީސީސީން ކޮށްފައި ވެއެވެ. އަދި 203 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލުމާއި 25 މީޓަރުގެ ސަރަހައްދެއްގައި ނިއު ގްރޯންސް އެޅުމުގެ މަސައްކަތް އެމްޓީސީސީން ކޮށްފައިވެއެވެ.
މީގެ އިތުރުން 1,1015 ސްކުއެއާ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ޖަހައި ބަނދަރު ބައްތިއާއި ނެރު ބައްތި ޖެހުމުގެ މަސައްކަތްވެސް އެމްޓީސީސިން ކޮށްފައި ވެއެވެ.
މި މަޝްރޫއުގެ މަސައްކަތް ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުއެވެ. އަދި މި މަޝްރޫއުގެ މަސައްކަތް މޮބަލައިޒްކޮށްފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ. މި މަޝްރޫއަކީ 30.3 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށް އެމްޓީސީސީން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ