ދިރާގު ޕްރިޕެއިޑް އިން މިސްކިތް ފަންޑަށް ފައިސާ ޖަމާކުރެވޭ ގޮތަށް ހަމަޖައްސައިފި
ދިއިސްލާމް ފޮޓޯ: އަޝްވާގުދިރާގު ޕްރިޕެއިޑް އިން މިސްކިތް ފަންޑަށް ފައިސާ ޖަމާކުރެވޭ ގޮތަށް ހަމަޖައްސައިފިއެވެ.އިސްލާމިކް މިނިސްޓްރީއިން ދިއިސްލާމްއަށް މައުލޫމާތު ދީފައިވަނީ އިއްޔެއިން ފެށިގެން ޕްރިޕެއިޑް މެދުވެރިކޮށް 10، 50 އަދި 100 ގެ މަގުން މިސްކިތް ފަންޑަށް ފައިސާ ޖަމާ ކުރެވޭނެކަމަށާއި މިހާރުވެސް ގިނަ ބަޔަކު އެގޮތަށް ފައިސާ ފޮނުވަމުންދާކަމަށެވެ. މިނިސްޓްރީއިން ހާމަކޮށްފައިވަނީ މޯބައިލް މެދުވެރިކޮށް ފައިސާ ޖަމާ ކުރެވޭނީ ހަމައެކަނި ދިރާގު ކަސްޓަމަރުންގެ ތެރެއިން ޕްރިޕެއިޑް ބޭނުންކުރާ ފަރާތްތަކަށް އެކަނިކަމަ ށެވެ.ޕްރިޕެއިޑް މެދުވެރިކޮށްފައިސާ ޖަމާކުރާނެ ގޮތަކީ:MF (space) 10 to 244MF (space) 50 to 244 MF (space) 100 to 244ވަތަނިޔާގެ ކަސްޓަމަރުންނަށްވެސް އެސް އެމް އެސް ގެ ޒަރިއްޔާއިން ފައިސާ ހަދިޔާކުރުމުގެ އިންތިޒާމް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާ ކަމަށް އިސްލާމިކް މިނިސްޓްރީއިން މަޢުލޫމާތުދެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ