ނެޓްބޯލް ނޯމަލައިޒޭޝަން ކޮމެޓީ އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔަ އިންޓަ ސްކޫލް ނެޓްބޯޅަ މުބާރާތް ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ.
މިމުބާރާތް މިއަދު ނިމިގެންދިޔައިރު، ނިންމުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމްއާއި، ކުޅިވަރާބެހޭ ވަޒީރު މުހައްމަދު މަލީހު ޖަމާލް އަދި އެޑިއުކޭޝަން މިނިސްޓަރު އައިޝަތު ޝިހާމް ބައިވެރިވެވަޑައިގެންނެވި އެވެ.
މިމުބާރާތުގައި މިއަދު ހަވީރު ކުރިއަށްދިޔައީ 14 އަހަރުން ދަށުގެ އުމުރުފުރާގެ ފައިނަލް މެޗެވެ. އަމީނިއްޔާ ސްކޫލްއާ ވާދަކޮށް، މިމެޗު 39-47 ޕޮއިންޓުން ކާމިޔާބުކުރީ ޖަމާލުއްދީން ސްކޫލެވެ.
އެ މެޗަށްފަހު، ވަނަވަނައަށް ހޮވުނު ކުޅުންތެރިންނާއި ޓީމުތަކަށް ވަނީ އިނާމު ހަވާލުކޮށްފަ އެވެ. މިމުބާރާތުގެ 12 އަހަރުން ދަށުގެ އުމުރުފުރާގެ ޗެމްޕިއަންކަން އިސްކަންދަރު ސްކޫލް ހޯދިއިރު، 14 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދީ ޖަމާލުއްދީން ސްކޫލެވެ. 16 އަހަރުންދަށުގެ ޗެމްޕިއަންކަން އަމީނިއްޔާ ސްކޫލް ހޯދިއިރު، 19 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދީ އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލެވެ.
މުބާރާތުގެ 12 އަހަރުންދަށުގެ ރަނަރަޕްކަން ޖާމާލުއްދީން ސްކޫލް ހޯދިއިރު، 14 އަހަރުން ދަށުގެ ރަނަރަޕްކަން ހޯދީ އަމީނިއްޔާ ސްކޫލެވެ. 16 އަހަރުންދަށުގެ ރަނަރަޕްކަން ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލް ހޯދިއިރު، 19 އަހަރުންދަށުގެ ރަނަރަޕްކަން ހޯދީ މެޕްސް އިންޓަނޭޝަނަލް ހައި އެވެ.
މުބާރާތުގެ 12 އަހަރުންދަށުގެ ފެއާޕްލޭ ޓީމަކަށް ހިރިޔާ ސްކޫލް ހޮވުނުއިރު، 14 އަހަރުން ދަށުގެ ފެއާޕްލޭ ޓީމަކަށް ހޮވުނީ މުހިއްޔުއްދީން ސްކޫލެވެ. އަދި 16 އަހަރުން ދަށުގެ ފެއާޕްލޭ ޓީމަކަށް ހޮވުނީ ޖަމާލުއްދީން ސްކޫލެވެ.
މުބާރާތުގެ 12 އަހަރުންދަށުގެ ތިންވަނަ ޓީމަކަށް ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލް ހޮވުނުއިރު، 14 އަހަރުންދަށުގެ ތިންވަނަ ޓީމަކަށް ހޮވުނީ އިސްކަންދަރު ސްކޫލެވެ. އަދި 16 އަހަރުންދަށުގެ ތިންވަނަ ޓީމަކަށް ހޮވުނީ އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލެވެ.
މިމުބާރާތުގެ 12 އަހަދުންދަށުގެ އެންމެ މޮޅު ހަތް ކުޅުންތެރިންނަށް ހޮވުނީ އިސްކަންދަރު ސްކޫލްގެ މަރިޔަމް ލައިޝާ ޝަރީފްއާއި، އެ ސްކޫލްގެ ފާތިމަތު ޝައިލް ޝަފީއުއާއި، އެ ސްކޫލްގެ ލީމް އަލީ ޝާހިދުއާއި، ޖަމާލުއްދީން ސްކޫލްގެ އައިމިނަތު މާޔާއާއި، އެ ސްކޫލްގެ އައިމިނަތު މާހާ ހަސަންއާއި، ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްގެ ސާރާ އައިޝާ ކޯނަލް އަދި ހިރިޔާ ސްކޫލްގެ އައިޝަތު ރާހާ ރިލްވާން އެވެ.
މިމުބާރާތުގެ 14 އަހަރުންދަށުގެ އެންމެ މޮޅު ހަތް ކުޅުންތެރިންނަށް ހޮވުނީ ޖަމާލުއްދީން ސްކޫލްގެ އައިޝަތު އަޒްރާ އަޒްނީމްއާއި، އެ ސްކޫލްގެ އައިޝަތު ޔުމްނާ މުހައްމަދާއި، އެ ސްކޫލްގެ ފާތިމަތު ޒިފާއާއި، އަމީނިއްޔާ ސްކޫލްގެ އައިޝަތު ނޫރައިން ސައީދުއާއި، އެ ސްކޫލްގެ ލައިޝާ ފަތުހުﷲ އިސްމާއިލްއާއި، ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްގެ ފާތިމަތު އިދާމް އަދުނާން އަދި ހަމަ އެ ސްކޫލްގެ އައިޝަތު ޒީކު ޝިޔާމް އެވެ.
މިމުބާރާތުގެ 19 އަހަރުންދަށުގެ އެންމެ މޮޅު ހަތް ކުޅުންތެރިންނަށް ހޮވުނީ އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ މަރިޔަމް ފިރުޝާއާއި، އެ ސްކޫލްގެ ހަލީމަތު އަމާލްއާއި، އެ ސްކޫލްގެ ރީމާ އިބްރާހިމްއާއި، އެ ސްކޫލްގެ މަރިޔަމް ރީނާއާއި، އެ ސްކޫލްގެ ފާތިމަތު ޖަނާ އަހްމަދާއި، މެޕްސް އިންޓަނޭޝަނަލް ހައިގެ މާޝިތާ އަހްމަދު އަދި ހަމަ އެ ސްކޫލްގެ ފާތިމަތު ނަބާތު އަހްމަދެވެ.
މިމުބާރާތުގެ 12 އަހަރުންދަށުގެ އެންމެ ފާހަގަކޮށްލެވުނު ކޯޗަކަށް ޖަމާލުއްދީން ސްކޫލްގެ ކޯޗު ނީޝާ ހަލީމް ހޮވުނުއިރު، 14 އަހަރުންދަށުގެ އެންމެ ފާހަގަކޮށްލެވުނު ކޯޗަކަށް ހޮވުނީ އަމީނިއްޔާ ސްކޫލްގެ ކޯޗު އައިޝަތު ނައުރާ އެވެ. 16 އަހަރުން ދަށުގެ އެންމެ ފާހަގަކޮށްލެވުނު ކޯޗަކަށް އަމީނިއްޔާ ސްކޫލްގެ ކޯޗު އައިޝަތު ލޫން މޫސާ ހޮވުނުއިރު، 19 އަހަރުންދަށުގެ އެންމެ މޮޅު ކޯޗަކަށް ހޮވިފައިވަނީ އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ކޯޗު ހުދާ ޒަކީ އެވެ.
އިންޓަ ސްކޫލް ނެޓްބޯޅަ މުބާރާތް ކާމިޔާބުކަމާއެކު ނިންމާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ