ރާއްޖެއިން ބޭރުގައި ދިވެހިން ކުރާ ހޭދައާ ގުޅޭ ސާވޭއެއް ހަދަނީ

ދިވެހީން، ރާއްޖެއިން ބޭރުގައި ކުރާ ހޭދައާ ގުޅޭ ސަރވޭއެއް ހަދަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން ނިންމައިފި އެވެ.އެމްއެމްއޭއިން ބުނީ މި ސާވޭ މިމަހުގެ 25 އިން 31 އަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ކުރިޔަށްދާނެކަމަށެވެ. މި ސާވޭ ކުރިޔަށްދާނީ ދިވެހިން ދަތުރު ނިންމާފައި ނުކުންނަ ވަގުތުތަކާއި ދިމާކޮށް އެރައިވަލް ޓާމިނަލުގައިކަމަށް އެމްއެމްއޭއިން ބުނެ އެވެ. މި ސާވޭގައި ކުރެވޭ ސުވާލުތަކުގެ ތެރޭގައި ރާއްޖެއިން ބޭރަށް ދިޔަ ސަބަބާއި ދަތުރުކުރި ގައުމާއި އެ ދަތުރަށް ޓިކެޓަށް ހޭދަކުރި ވަރާއި ބޭރުގައި ހުރުމާއި ކެއުމަށް ހަރަދުކުރި ވަރުގެ އިތުރުން ދަތުރުގައި ދެން ކުރި އެހެން ހަރަދުތައްވެސް ހިމެނެ އެވެ. އެމްއެމްއޭއިން ބުނީ، ސަރވޭގެ މުއްދަތުގައި އެމްއެމްއޭގެ މުވައްޒަފުން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ އެރައިވަލް ހޯލުގައި ސަރވޭއަށް ބޭނުންވާ މައުލޫމާތު އެއްކުރުމުގައި ހަރަކާތްތެރިވާނެ ކަމަށެވެ. އެހެންކަމުން ސާވޭ ކުރިއަށްދާ މުއްދަތުގައި ރާއްޖެއިން ބޭރަށް ދިއުމަށްފަހު އަނބުރާ އަންނަ ދިވެހީންގެ ފުރިހަމަ އެއްބާރުލުން ދިނުމަށް އެ އޮތޯރިޓީން ވަނީ އެދިލައްވަފާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ