އިޔާދަ ކުރުވަނިވި ހަކަތަ ބޭނުންކޮށްގެން ކަރަންޓް އުފެއްދުމަށް ބޭނުންވާ ކިޓް ސްކޫލްތަކާއި ހަވާލުކޮށްފި

އިޔާދަކުރުވަނިވި ހަކަތަ އަދި އެންމެ ހަރަދު ކުޑަކޮށް ކަރަންޓް އުފެއްދުމަށް ބޭނުންވާ އެކްސްޕެރިމެންޓަލް ކިޓް ސްކޫލްތަކާއި ހަވާލުކޮށްފިއެވެ.
މިއަދު ނަސަންދުރަ ޕެލަސް ހޮޓެލްގައި ކުރިއަށް ދިޔަ ހާއްސަ ހަދްލާގައި މިކިޓްތައް ސްކޫލަތަކާއި ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް އެންވަޔަރަމެންޓް އެންޑް އެނާޖީ ތޯރިޤް އިބްރާހިމް އާއި، މިނިސްޓަރ އޮފް ސްޓޭޓް ފޯ އެޑިޔުކޭޝަން އަހްމަދު ޝަފީޢު އަދި ސީނިއަރ އެޑްވައިޒަރ ޓު ޖީއައިޒެޑް ޕްރޮޖެކްޓް އިން މޯލްޑިވްސް ޖޯޝިމް ގައުބެއެވެ.
މިހަފްލާގައި މާލޭގެ 11 ސްކޫލަކާއި އަތޮޅުތަކުގެ ދެ ސްކޫލަކަށް ކިޓް ހަވާލުކޮށްފައިވެއެވެ. މާލެ ސްކޫލްތަކުގެ ތެރެއިން މިކިޓްތައް ހަވާލުކޮށްފައިވަނީ ކަލާފާނު ސްކޫލާއި، ޖަމާލުއްދީން ސްކޫލާއި، އިމާދުއްދީން ސްކޫލާއި، ހިރިޔާ ސްކޫލާއި، ބިލެބޮންގް ހައި އީޕީއެސް އިންޓަރނޭޝަނަލް ސްކޫލާއި، ގިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލާއި، ތާޖުއްދީން ސްކޫލާއި، އަމީނިއްޔާަ ސްކޫލާއި، ދަރުމަވަންތަ ސްކޫލާއި، އިސްކަނދަރު ސްކޫލް އަދި މަޖީދިއްޔާ ސްކޫލެވެ. އަތޮޅުތަކުގެ ސްކޫލްތަކުގެ ތެރެއިން މިކިޓް ހަވާލުކޮށްފައިވަނީ އުނގޫފާރު ސްކޫލް އަދި ދާލް އަތޮޅު ތައުލީމީ މަރުކަޒާއެވެ.
މިހަފްލާގައި މިނިސްޓަރ އޮފް ސްޓޭޓް ފޯ އެޑިޔުކޭޝަން އަހްމަދު ޝަފީޢުވެސް ވާހަކަ ދައްކަވާފައިވެއެވެ. އޭނާގެ ވާހަކައިގައި ރާއްޖޭ ހަލުވި ދުވެއްޔެއްގައި ތަރައްްގީވަމުން އަންނަ އިރު ދިވެހިން ތަރައްގީ މާނަ ކުރާ ގޮތަށް ވިސްނާލަން ޖެހޭ ކަމަށާއި މުސްތަގްބަލަށް މިކަންކަމުން ކުރާ އަސަރަށްް ވިސްނަން ޖެހޭނެ ކަން ފާހަގަކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ