ގދ. ގައްދޫގައި ބާއްވަން ތާވަލުކުރި، ދިވެހި ސާފް ލީގުގެ ފުރަތަމަ މުބާރާތް "ކަޅެގަލެކޮޑާ" ކެންސަލްކޮށްފައިވާ ކަމަށް މޯލްޑިވްސް ސާފިން އެސޯސިއޭޝަން (އެމްއެސްއޭ) އިން ބުނެފި އެވެ.
މި މުބާރާތް ބޭއްވުމަށް ތާވަލުކޮށްފައިވަނީ ފެބްރުއަރީ 5-8 އަށް ގައްދޫގަ އެވެ. އެކަމަކު އެ ރަށު ކައުންސިލްގެ މާލީ ހާލަތު ހުރި ގޮތުން މި އަހަރުގެ މުބާރާތް ބޭއްވުމަށް އެމްއެސްއޭ އަށް ދޭން ޖެހޭ އެހީތެރިކަން ދެވެން ނެތް ކަމަށް ވަނީ އަންގާފަ އެވެ.
އެމްއެސްއޭ އިން ނެރުނު ބަޔާނުގައި ބުނީ މީގެ ކުރީ އަހަރުތަކުގެ މުބާރާތް އެ ރަށުގައި ބާއްވަމުން ގެންދިޔައީ އެ ރަށު ކައުންސިލްގެ ބޮޑު އެހީތެރިކަމަކާ އެކުގައި ކަމަށެވެ. އަދި ގައްދޫ ކައުންސިލަކީ ދިވެހި ސާފް ލީގު ވުޖޫދަށް ގެނައުމުގައި މުހިންމު ބައިވެރިއެއް ކަމަށް އެމްއެސްއޭ އިން ބުނެ އެވެ.
އެމްއެސްއޭ އިން ބުނީ ގައްދޫ ކައުންސިލްގެ މާލީ ހާލަތުން އަރައިގަނެ އަންނަ އަހަރު "ކަޅެގަލެކޮޑާ" ބޭއްވޭނެ ކަމަށް އުންމީދުކުރާ ކަމަށެވެ.
ދިވެހި ސާފް ލީގުގެ ފުރަތަމަ މުބާރާތް "ކަޅެގަލެކޮޑާ" ކެންސަލްވުމާ އެކު ދެން ބާއްވާނެ މުބާރާތެއް އަވަސް މުސްތަގުބޮލެއްގައި އިއުލާން ކުރާނެ ކަމަށް އެމްއެސްއޭ އިން ބުނެ އެވެ.
ދިވެހި ސާފް ލީގުގެ ފުރަތަމަ މުބާރާތް "ކަޅެގަލެކޮޑާ" ކެންސަލް ކޮށްފި ދިވެހި ސާފް ލީގުގެ ފުރަތަމަ މުބާރާތް "ކަޅެގަލެކޮޑާ" ކެންސަލް ކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ