ތިންވަނަ ކުއާޓާގައި ގައުމީ އުފެއްދުންތެރިކަން %6.5 އިތުރުވެއްޖެ

މަސްވެރިކަން ފިޔަވައި އިގުތިސާދުގެ މުހިއްމު ހުރިހާ ދާއިރާއެއްވެސް މި އަހަރުގެ ތިންވަނަ ކުއާޓާގައި ފުޅާވެފައިވާތީ، ގައުމީ އުފެއްދުންތެރިކަން އެ ކުއާޓާގައި %6.5 އިން އިތުރުވެފައިވާކަމަށް މަރުކަޒީ ބޭންކުގެ ރިޕޯޓުގައި ބުނެފައިވެ އެވެ.
މި އަހަރުގެ ތިންވަނަ ކުއާޓާގައި ދިވެހިރާއްޖޭގެ ގައުމީ އުފެއްދުންތެރިކަން (ޖީޑީޕީ) %6.5 އިން އިތުރުވެފައިވާކަމަށް މަރުކަޒީ ބޭންކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ރިޕޯޓުކޮށްފި އެވެ. 
އެމްއެމްއޭއިން ރިޕޯޓުކުރި ގޮތުގައި މި އަހަރުގެ ފުރަތަމަ ކުއާޓާގައި %7.7 އިން ޖީޑީޕީ އިތުރުވި ނަމަވެސް ދެވަނަ ކުއާޓާގައި އިގުތިސާދު މަޑުޖެހި ޖީޑީޕީ އިތުރުވުން %4.5 ގައި ހިފަހެއްޓުނެވެ. އަހަރުން އަހަރަަަށް ޖީޑީޕީ ކުރިއެރި މިންވަރު ދެވަނަ ކުއާޓާގައި މަޑުޖެހުމަށްފަހު ތިންވަނަ ކުއާޓާގައި ގައުމީ އުފެއްދުންތެރިކަން އަލުން އިތުރުވާން ފެށީ ތިންވަނަ ކުއާޓާގަ އެވެ. 
އެމްއެެމްއޭއިން ފާހަގަކުރި ގޮތުގައި ތިންވަނަ ކުއާޓާގައި ގައުމީ އުފެއްދުންތެރިކަމަށް އެންމެ ބޮޑު ހިއްސާއެއް ކުރީ ސަރުކާރުގެ ހިންގުމުގެ ދާއިރާއިންނެވެ. އެ ދާއިރާ ފުޅާވުމުގެ ސަބަބުން ގައުމީ އުފެއްދުންތެރިކަން އިތުރަށް ފުޅާވިއިރު، މުވާސަލާތާއި ދަތުރުފަތުރާއި ފަތުރުވެރިކަމުގެ އިތުރަށް އިމާރާތްކުރުމާއި ރިއަލް އެސްޓޭޓުގެ ދާއިރާވެސް ކުރިއަރާފައިވާކަމަށް އަންދާޒާކުރެވެ އެވެ. 
ތިންވަނަ ކުއާޓާގައި ނިމުނު އަހަރާ އަޅާބަލާއިރު ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު ފާއިތުވި 2023 ވަނަ އަހަރުގެ ތިންވަނަ ކުއާޓާއަށްވުރެ %10 އިތުރުވެފައިވާކަމަށް އެމްއެމްއޭއިން ބުނެފައިވެ އެވެ. އަދި ނިމުނު އަހަރަށްވުރެ ބެޑްނައިޓްސް ތިނެއް އިންސައްތަ އިތުރުވެފައިވާކަމަށް އެ ބޭންކުން ފާހަގަކުރެ އެވެ. 
ތިންވަނަ ކުއާޓާގައި ރިސޯޓު ބެޑްނައިޓްސް %10 އިތުރުވި ނަމަވެސް ގެސްޓުހައުސްތަކުގެ ބެޑްނައިޓްސްދިޔައީ ދަށަށެވެ. އެގޮތުން ގެސްޓުހައުސްތަކުގެ ބެޑްނައިޓްސް 24 އިންސައްތަ ދަށްވިކަމަށް އެމްއެމްއޭއިން ރިޕޯޓުކޮށްފައިވެ އެވެ. 
ނިމުނު އަހަރުގެ ތިންވަނަ ކުއާޓާއާ ބަލާއިރު މި އަހަރުގެ ތިންވަނަ ކުއާޓާގައި އެވެރެޖުކޮށް ފަތުރުވެރިން ރާއްޖޭގައި ހޭދަކުރި މުއްދަތު ކުޑަކޮށް އިތުރުވެފައިވެ އެވެ. ނިމުނު އަހަރުގެ އެ މުއްދަތުގައި ފަތުރުވެރިން ރާއްޖޭގައި އެވެރެޖުކޮށް ހޭދަކުރީ 7.5 ދުވަހެވެ. މި އަހަރު 7.7 ދުވަސް ހޭދަކުރިކަމަށް ރެކޯޑުކުރެވިފައިވެ އެވެ. 
ނިމުނު އަހަރާ އަޅާބަލާއިރު މި އަހަރުގެ ތިންވަނަ ކުއާޓާގައި ޔޫރަަޕުން އައި ފަތުރުވެރިންގެ އަދަދާއި ޖުމްލަ ފަތުރުވެރންގެ މެދުގައި ޔޫރަޕު ފަތުރުވެރިންގެ ނިސްބަތް އިތުރުވެފައިވެ އެވެ. ނިމުނު އަހަރުގެ ތިންވަނަ ކުއާޓާގައި އައި ފަތުރުވެރިންގެ ތެރެއިން ޔޫރަޕު ފަތުރުވެރިންގެ ނިސްބަތަކީ 48 އިންސައްތަ އެވެ. މި އަހަރު އެ ނިސްބަތްވަނީ 51 އިންސައްތައަށް އިތުރުވެފައެ ވެ. 
އިގުތިސާދުގެ މުހިއްމު ދާއިރާތަކުގެ ތެރެއިން އެންމެ ބޮޑު ހީނަރުކަމެއް އައިސްފައިވަނީ މަސްވެރިކަމަށެވެ. އެގޮތުން މި އަހަރުގެ ތިންވަނަ ކުއާޓާގައި މަސްވެރިކަން %44.9 ދަށަށް ދިޔަކަމަށް އެމްއެމްއޭއިން ރިޕޯޓުކޮށްފައިވެ އެވެ. އެގޮތުން އެ ކުއާޓާގައި މަސްވެރިކަމުގެ ދާއިރާގެ ޖުމްލަ އުފެއްދުންތައް 50 އިންސައްތަ ދަށަށް ދިޔަ އެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ