ހަތަރުހާސް ފްލެޓް މައްސަލަ: ގޯސްހެދި މީހުންގެ މައްޗަށް ދައުވާ ކޮށްދޭން އެދެނީ

އާންމު މަސްލަހަތު ބޮޑު މި މައްސަލަައިގެ ޑިއުޓީ ޕްރޮސިކިއުޝަންގެ މަރުހަލާ ނިންމާ ދައުވާ ކުރެވޭނެ މީހުންގެ މައްޗަށް ދައުވާކޮށް ދިނުމަށް އެދެން ކުރަން ޖެހޭ މަަސައްކަތް އޭސީސީން ވީ އެންމެ އަވަހަކަށް ކުރަމުން ގެންދާނެ ކަމަށެވެ.
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ދޫކުރުމުގެ މައްސަލާ ގައި ހިމެނޭ މީހުންގެ މައްޗަށް ދައުވާކޮށް ދިނުމާމެދު ގޮތް ނިންމުމަށް ޕީޖީ އޮފީހާ އެކު ރަސްމީކޮށް މަސައްކަތް ފަށާފައިވާ ކަމަށް އޭސީސީން ބުނެފި އެވެ.
ރައީސް ސޯލިހްގެ ސަރުކާރުން ހިންގި ގެދޮރުވެރިޔާ ސްކީމްގެ ދަށުން އަޅަން ފަށާފައިވާ 4000 ފްލެޓް ލިބޭނެ މީހުން ވަނީ ކަނޑައަޅާފަ އެވެ. ނަމަވެސް އެކަން ކޮށްފައިވަނީ އުސޫލުން ބޭރުން ކަމަށާ ހައްގު ނޫން އެތައް ބަޔަކަށް ފްލެޓް ލިބޭ ކަމަށް ބުނުމުން އޭސީސީން ވަނީ ތަހުގީގެއް ހިންގާފަ އެވެ. މިދިޔަ ސަރުކާރުގައި ޒިންމާއާ މަސްއޫލިއްޔަތުން "ރެކިގެން" އޮތް އޭސީސީން ހިންގި ތަހުގީގުން ކަނޑައެޅީ ލިސްޓް ސައްހަ ނޫން ކަމަށެވެ.އެ މައްސަލާ ގައި އޭސީސީން މިރޭ ބުނީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ދޫކުރުމުގެ މައްސަލާ ގައި ހިމެނޭ މީހުންގެ މައްޗަށް ދައުވާކޮށް ދިނުމާމެދު ގޮތް ނިންމުމަށް ޕީޖީ އޮފީހާ އެކު ރަސްމީކޮށް އެ ކޮމިޝަނުން ޑިއުޓީ ޕްރޮސިކިއުޝަން ފަށާފައިވާ ކަމަށެވެ.އަދި އާންމު މަސްލަހަތު ބޮޑު މި މައްސަލަައިގެ ޑިއުޓީ ޕްރޮސިކިއުޝަންގެ މަރުހަލާ ނިންމާ ދައުވާ ކުރެވޭނެ މީހުންގެ މައްޗަށް ދައުވާކޮށް ދިނުމަށް އެދެން ކުރަން ޖެހޭ މަަސައްކަތް އޭސީސީން ވީ އެންމެ އަވަހަކަށް ކުރަމުން ގެންދާނެ ކަމަށެވެ.ފުލެޓުތައް ދިނުމުގެ މަސައްކަތް ހުއްޓުވުމަށްފަހު އޭސީސީން ލިސްޓާ ގުޅޭ ތަހުގީގެއް ހިންގުމަށްފަހު ބުނެފައިވަނީ، އެ ލިސްޓުގައި ހިމެނޭ މީހުންގެ ތެރެއިން 80 އިންސައްތައަށްވުރެ ގިނަ މީހުންނަކީ ގެދޮރުވެރިޔާ ޕްރޮގުރާމުގައި ކަނޑައަޅާފައިވާ ޝަރުތުތައް ފުރިހަމަނުވަނީސް ފުލެޓު ދިނުމަށް ނިންމާފައިވާ މީހުން ކަމަށެވެ.  ފްލެޓް ލިސްޓް ސައްހަ ކުރުމަށް ފަހު ނެރޭނެ ކަމަށް ބުނެ ހައުސިން މިނިސްޓްރީން ވަރަށް ގިނަ ތާރީހުތައް ދިނެވެ. ފަހަރަކު ތާރީހެއް ދިނުމަށް އެ ތާރީހު އައުމުން އެހެން ތާރީހެއް ކަނޑައަޅަނީ އާންމުންގެ ރުޅިވެރިކަން ސަރުކާރަށް އަމާޒުވުމުންނެވެ. އެންމެ ފަހުން ލިސްޓް ނެރުން ތާރީހެއް ނެތް ގޮތަށް ވަނީ ފަސްކޮށްފަ އެވެ. އެ ނިންމުން ނިންމާފައިވަނިކޮށް ހައުސިން ހިންގާ އިމާރާތު ގައި އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގާ އެތައް ލިޔެކިޔުމެއް އަނދައިގެން ވަނީ ގޮސްފަ އެވެ.މި ސަރުކާރުން ފްލެޓް ލިސްޓާ ކުޅެ ސަރުކާރުން ބޭނުންވާ ބަޔަކަށް ފްލެޓް ދޭން އުޅޭ ކަމުގެ ތުހުމަތުގެ އަޑު ވަރަށް ގަދަ އެވެ. ނަމަވެސް ހައްގުވެރިއެއްގެ އަތުން ފުލެޓް އަތުނުލާނެ ކަމަށް ރައީސާއި ސަރުކާރުގެ ވެރީން ދަނީ ވިދާޅުވަމުންނެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ