ސިދާތު އާއި ޖާންވީ ފުރަތަމަ ފަހަރަށް ސްކްރީނުން

ބޮލީވުޑްގެ ކާމިޔާބު އެކްޓަރު ސިދާތް މަލްހަތްރާ އާއި ބަތަލާ ޖާންވީ ކަޕޫރު އެކުގައި ކުޅޭ ފުރަތަމަ ފިލްމު ރަސްމީކޮށް އިއުލާންކޮށްފިއެވެ.
2012 ވަނަ އަހަރު ފިލްމު "ސްޓޫޑަންޓް އޮފްދަ އިޔާ" އިން ބޮލީވުޑަށް ނުކުތް ސިދާތް އާއި 2018 ވަނަ އަހަރު ފިލްމު "ދަޅަކް" އިން ބޮލީވުޑަށް ތައާރަފްވި ޖާންވީ އެކުގައި ކުޅޭ ފުރަތަމަ ފިލްމަކީ "ޕަރަމް ސުންދަރީ" އެވެ. ޕްރޮޑިއުސަރު ދިނޭޝް ވިޖަންގެ މެޑޮކް ފިލްމްސް އިން ހަދާ ލޯބީގެ ޖޯންރާއަށް ބިނާކޮށް އުފައްދާ މި ފިލްމު ޑައިރެކްޓްކުރާނީ ތުޝާރު ޖަލޯޓާ އެވެ. އުތުރު އިންޑިއާގެ ފިރިހެނަކާއި ދެކުނު އިންޑިއާގެ އަންހެނެއްގެ ލޯބީގެ ވާހަކަ ކިޔައިދޭ މި ފިލްމުގެ ޝޫޓިން މިހާރު ފެށިގެން ކުރިއަށްދާއިރު މި ފިލްމަކީ އަންނަ އަހަރު ރިލީޒްކުރަން ޓާގެޓްކޮށްފައިވާ ފިލްމެކެވެ.
އަންނަ ޖުލައިގެ 25 ވަނަ ދުވަހު ސިނަމާތަކުގައި ރިލީޒްކުރާ މި ފިލްމަކީ ތަފާތު ފިލްމަކަށް ވާނެ ކަމަށް ފިލްމުގެ ޓީމުން ބުނެއެވެ. ޖާންވީގެ އެންމެ ފަހުން ފެނިގެންދިޔަ ފިލްމަކީ ސެޕްޓެމްބަރުގައި ރިލީޒްކުރި ތެލެގޫ އެކްޓަރު އެންޓީއާރް ޖޫނިއާގެ "ދޭވްރާ: ޕާޓް 1" އެވެ. އޭނާ ދެން މަސައްކަތް ކުރާނީ އެކްޓަރު ވަރުން ދަވަން އާއެކުގައެވެ. އެކްޓަރާއެކު ޖާންވީ ވަނީ މީގެ ކުރިންވެސް މަސައްކަތްކޮށްފައެވެ.
އެކްޓަރު ސިދާތު އެންމެ ފަހުން ފެނިގެންދިޔައީ މިދިޔަ މާޗު މަހު ރިލީޒްކުރި ފިލްމު "ޔޯދާ" އިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ