ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވިއްޖެ ނަމަ، ބަލިތަކަށް ފަރުވާ ހޯދުމަށް ސޯޝަލް މީޑިއާގައި އެހީއަށް އެދުން ނިމުމަކަށް ގެނެސްދެއްވާނެ ކަމަށް ޖުމްހޫރީޕާޓީގެ ލީޑަރ އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ގާސިމްގެ ރިޔާސީ ކެމްޕެއިނަށް ހއ. އިހަވަންދުއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ގާސިމް ވިދާޅުވީ، އާސަންދަ އާއި އެންސްޕާ މެދުވެރިކޮށް ރައްޔިތުންނަށް ބޭސްފަރުވާގެ ޚަރަދު ކުރަން އޮންނަ އިރު، އަދިވެސް ރައްޔިތުން މީސް މީޑިއާގައި ސަލާންޖަހަން ޖެހޭ ކަމަށެވެ.
އަދި އެފަދައިން ކަން ކުރާތަން ފެނިވަޑައިގެންނެވުމުން ވަރަށް އަސަރު ކުރާ ކަމަށާ، މިހާރުވެސް އެފަދަ ޕޯސްޓުތައް ފެނުމުން އެމީހުންނަށް އެކިވަރުގެ އެހީވެދެއްވަމުން އަންނަ ކަމަށް ގާސިމް ވިދާޅުވި އެވެ.
މިއާއެކު ގާސިމް ވިދާޅުވީ، އެމަނިކުފާނަށް ވެރިކަން ލިބިވަޑައިގެންފިނަމަ ބޭސް ސިޓީއަށް އެފަދައިން ސަލާން ޖަހާ ޖެހުން ނިމުމަކަށް ގެންނަވާނެ ކަމަށެވެ.
"ބޭސް ސިޓީއަށް ސަލާން ޖަހަން ވެބްސައިޓްތަކުގައި ޖަހާގެންވެސް އެއްވެސް އެއްޗެއް ނުލިބިގެން ސޯޝަލް މީޑިއާގައި ފަތުރަމުން ދާއިރު، އަޅުގަނޑުމެން އެ ބުނާ އާސަންދައާ ބާސަންދައާ އެބުނާ އެންސްޕާ އާ މެންސްޕާ ކޮބައިތޯ؟ އެއީ ދިވެހިންތޯ؟ ރައްޔިތުންތޯ؟ އެބުނާ އެއްޗެއް އަޅުގަނޑަށް ފެނިއްޖެއްޔާ އޮންނާނީ ކޮންމެސް މިންވަރެއް އަޅުގަނޑު ކޮށްދީފައި. ދެތިން ހަތަރު ހާސް، ފަސް ހާސް ޑޮލަރު އޮންނާނީ ދީފައި. އަޅުގަނޑަށް ފެނުނިއްޔާ. އަޅުގަނޑު ކައިރިއަށް އައިސްފިއްޔާ. މަ މީ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި ހުރިނަމަ ލާހިކެއް ނޫން އެކަހަކަ އެކަކުވެސް ސޯޝަލް މީޑިއާ އާ ހަމައަށް ދާކަށް. ފެންނަ އިރަށް ވަގުތުން ކޮށްދޭނަން" ގާސިމް އިބްރާހިމް ވިދާޅުވިއެވެ.
ގާސިމް އިތުރަށް ވިދާޅުވީ މިހާރުވެސް އެންސްޕާއާ އާސަންދައިން ވަކި ބަޔަކަށް 40 ހާސް ޑޮލަރުން ފައިސާ ދޭ ކަމަށާއި ނަމަވެސް ހަގީގަތުގައި އެހީއަށް ބޭނުންވާ ފަރާތްތަކަށް އެހީ ފޯރުކޮށްދިނުމަށް އެ ފައިސާ ޚަރަދު ނުކުރަނީ ކީއްވެތޯ އެމާނިކުފާނު ވަނީ ސުވާލު އުފައްދަވާފައެވެ.
Your email address will not be published. Required fields are marked *
Comment *
Name
Email
Website
© 2023 Gaafu Media Group Pvt Ltd. All rights reserved.
ސޯޝަލް މީޑިއާގައި ބޭސް ސިޓީއަށް ސަލާންޖެހުން ނިމުމަކަށް ގެންނާނަން: ގާސިމް އިބްރާހިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ