ޓެކްސް ޓްރައިބިއުނަލަށް ކުރިމަތިލެއްވި ބޭފުޅުންގެ ނަންތައް ކޮމިޓީއަށް

ޓެކްސް އެޕީލް ޓްރައިބިއުނަލްއަށް ކުރިމަތިލެއްވި މެމްބަރުންގެ ނަންތައް ދިރާސާ ކުރުމަށް ރައްޔިތުންގެ
މަޖިލީހުގެ ކަމާބެހޭ ކޮމިޓީއަށް ފޮނުވައިފިއެވެ.
މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ
ޖަލްސާގައި އަމީން އާއްމު ވަނީ ރައިސުލްޖުމްހޫރިއްޔާ، ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ޓެކްސް
އެޕީލް ޓްރައިބިއުނަލަށް ކުރިމަތިލެއްވި ބޭފުޅުންގެ ނަންތަކުގެ ލިސްޓު އިއްވާފައެވެ. ޓެކްސް ޓްރައިބިއުނަލްގެ ހުސްވެފައިވާ 4 މެމްބަރުންގެ މަގާމަށް 13 ބޭފުޅަކު
ކުރިމަތިލެއްވިއެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލްއަށް
ކުރިމަތިލި ބޭފުޅުން
1.
ހަސަން ޒުހައިރު މުހައްމަދު
2.
އާއިޝަތު އާދަމް
3.
އިބްރާހީމް ޝަރީފް
4.
ޝިފްޒާ އަބްދުލް ގައްޔޫމް
5.
އަހުމަދު ސައީދު
6.
އަބްދުﷲ އަބްދުލް ހަކީމް
7.
މުހައްމަދު އަމީން ޒާހިރު
8.
މުހައްމަދު ފާރިސް ތޯހާ
9.
އަބްދުލް ޣަނީ މުހައްމަދު
10.
އަހުމަދު އަލީ
11.
އަލީ ރިޒާ އިސްމާއިލް
12.
ފާތިމަތު ޝަފީނާޒް
13.
މަޖީދު އަލީ
ރައީސް ވަނީ، އެ ބޭފުޅުންގެ
ތެރެއިން 4 ބޭފުޅެއްގެ ނަން ފާސްކޮށްދިނުމަށް އެދިވަޑައިގެންފައެވެ. އެއާއެކު
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ އެ މައްސަލަ
ދިރާސާކުރުމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވާފައެވެ.
5 މެމްބަރުންގެ މައްޗަށް
އެކުލެވޭ ޓެކްސް ޓްރައިބިއުނަލްގެ މެމްބަރުކަމުގެ މަގާމު ހުސްވީ، އެ
މަގާމުތަކުގައި ތިއްބެވި 4 މެމްބަރުން މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން
ފާސްކުރުމުންނެވެ.
އެބޭފުޅުން ވަކިކުރުމަށް މަޖިލީހުން ނިންމީ ޓެކްސް
ޓްރައިބިއުނަލްގެ ނިންމުންތައް ނިންމުމުގައި ބޭއިންސާފުން ކަންކަން ނިންމާފައިވާ
ކަމަށް މަޖިލީހަށް ގަބޫލު ކުރެވުމުން ނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ