ބޭންކް
އޮފް މޯލްޑިވްސްއިން ކޮންމެ އަހަރަކު ހުޅުވާ އިންޓަރންޝިޕް ޕްރޮގްރާމަށް މި އަހަރު
ހޮވުނު ދަރިވަރުންނަށް ހާއްސަ ރަސްމިއްޔާތެއްގައި މަރުހަބާ ކިޔައިފި އެވެ.
ވީކިހިނެއް؟ - އެ ހާއްސަ ރަސްމިއްޔާތުގައި މަރުހަބާ ކިޔާފައިވަނީ ގްރެޖުއޭޓް
އިންޓަރންސް އަދި ޓެކްސްޓާޓް އިންޓާންސް ހިމެނޭހެން 25 ބައިވެރިއަކަށެވެ.
ތަފްސީލް - ބީއެމްއެލުން ބުނި ގޮތުގައި:
ޓެކްސްޓާޓް އިންޓާންޝިޕަކީ އައިޓީ ދާއިރާއިން ކިޔަވާ ދަރިވަރުންނަށް ހާއްސަ ފުރުސަތުތަކެއް ފަހިކޮށްދިނުމަށް މި އަހަރު އަލަށް ތައާރަފްކުރި ކެޓަގަރީއެއް
މި 12 މަހުގެ އިންޓާން ޕްރޮގްރާމްގެ ބައިވެރިންގެ ތަޖުރިބާ އާއި ހުނަރު އިތުރުކުރުމަށް ބޭންކުގެ އެކިއެކި ބިޒްނަސް ޔުނިޓްތަކާއި ޑިޕާޓްމަންޓްތަކާއި ބްރާންޗްތަކުގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެންދާނެ
އެ ރަސްމިއްޔާތުގައި މިދިޔަ އަހަރުގެ އިންޓާންޝިޕް ޕްރޮގްރާމް ނިންމާލި
ބައިވެރިންގެ ގްރެޖުއޭޝަން ވެސް ބާއްވާފައިވާ ކަމަށް ބޭންކުން ބުންޏެވެ. އޭގެ ތެރެއިން ބައެއް
ބައިވެރިންނަށް، ބޭންކުގައި ދާއިމީ ވަޒީފާގެ ފުރުސަތު ދީފައިވެ އެވެ.
ފާހަގަކޮށްލެވޭ - 2018 ވަނަ އަހަރު ފެށި ބީއެމްއެލް އިންޓާންޝިޕް ޕްރޮގްރާމުން އިން
މިހާތަނަށް 77 ދަރިވަރުންނަށް ތަޖުރިބާގެ ފުރުސަތު ފަހިކޮށްދީފައިވެ އެވެ.
ބީއެމްއެލް އިންޓާންޝިޕަށް ހޮވުނު ދަރިވަރުންނަށް މަރުހަބާ ކިޔަން ހާއްސަ ރަސްމިއްޔާތެއް ބާއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ