ޑީސަލް ބޮވިގެން ހާލު ދެރަވި ވެމްކޯގެ މުވައްޒަފު އަދިވެސް ވެންޓިލޭޓަރުގައި، ފަރުވާއަށް ބޭރަށް ގެންދަނީ

ގއ. ދިޔަދޫގައި ހުންނަ ވެމްކޯ ސައިޓުގައި މަސައްކަތްކުރަނިކޮށް ޑީސަލް ބޮވި، ހާލު ސީރިއަސްވެގެން މާލެ ގެނައި ވެމްކޯގެ މުވައްޒަފު އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ގެންދިއުުމުގެ މަސައްކަތް ފަށައިފިއެވެެ. "ސަން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހުކުރު ދުވަހު އެ ހާދިސާ ހިނގަން މެދުވެރިވީ، ޑީސަލް ހުރި ހަމަކުން އެއްޗަކަށް ތެޔޮ އަޅަންވެގެން ހަމަށް ހޮޅި ލައްވައި ދަމާލި ވަގުތު ޑީސަލް ބޮވި، ތެޔޮ ފުއްޕާމެއަށް ދިޔުމުންނެވެ. އޭގެ ސަބަބުން، ނޭވާލުމަށް ދަތިވެގެން އެންމެ ފުރަތަމަ އޭނާއަށް ފަރުވާ ދިނީ ގއ. ވިލިނގިލީ ހޮސްޕިޓަލުގައެވެ. ނަމަވެސް ހަމަ އެ ދުވަހު އިތުރު ފަރުވާއަށް އައިޖީއެމްއެޗަށް ވަނީ ގެނެސްފައެވެ. އެ މީހާއަކީ ހދ. ކުޅުދުއްފުއްޓަށް ނިސްބަތްވާ، 37 އަހަރުގެ މީހެއްކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް 'ސަން'އަށް ވިދާޅުވީ މި ވަގުތު ވެސް އެ މީހާ އޮތީ ވެންޓިލޭޓަރުގައި ކަމަށެވެ. އޭގެ އިތުރު ތަފުސީލެއް ހާމައެއް ނުކުރައްވައެވެ. ވެމްކޯގެ މީޑިއާ އޮފިޝަލް "ސަން"އަށް ވިދާޅުވީ އެ މުވައްޒަފުގެ އާއިލާގެ ފަރާތުން، އޭނާގެ އަނބިމީހާ އާއި ބޭބެ މާލެ އައިސް ތިބި ކަމަށެވެ. އަދި އެ މީހުންނަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް ވެމްކޯއިން ފޯރުކޮށް ދިނުމަށް 24 ގަޑިއިރު، ވެމްކޯގެ މުވައްޒަފުން ހޮސްޕިޓަލްގައި ތިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. މުވައްޒަފު އަދިވެސް އޮތީ ވެންޓިލޭޓަރުގައި. ވެންޓިލޭޓަރުން ނުނަގާ އޮތީ ރިސްކެއް ނުނަގަން. ސްޓޭބަލްއެކޭ، އަދި ނޫނޭވެސް ނުބުނަން. އެކަމަކު މިހާރު މަސައްކަތް މި ކުރަނީ އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމަށް. ރާއްޖޭން ބޭރުގެ ޓީމަކާ މިހާރު ވާހަކަ ދައްކަމުންދަނީ، ބޭރަށް ފޮނުވުމަށްވެމްކޯގެ މީޑިއާ އޮފިޝަލް މީޑިއާ އޮފިޝަލް އިތުރަށް ވިދާޅުވީ، ވެމްކޯގެ މި މުވައްޒަފަކީ ތިލަފުށީ ސައިޓުގައި މަސައްކަތް ކުރަމުން އައި މީހެއްކަމަށާއި، އެ ކުންފުނީގެ މަސައްކަތްތައް ހުންނަ ގޮތުން އެކި ސަރަހައްދުތަކަށް މުވައްޒަފުން ފޮނުވާ ކަމަށެވެ. އެ ގޮތުން މި ހާދިސާ ހިނގާފައިވަނީ، އެގޮތަށް، ދިޔަދޫގައި ހުރި ދުވަސްވަރު ކަމަށް އޭނާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ