އޭޝިއަން ޔޫތު ގޭމްސްގައި މެޑްލޭ ރިލޭ އަންހެން ޓީމަށް ގައުމީ ރެކޯޑު އޭޝިއަން ޔޫތު ގޭމްސްގައި މެޑްލޭ ރިލޭ އަންހެން ޓީމަށް ގައުމީ ރެކޯޑު

ބަހުރެއިންގެ މަނަމާގައި މިހާރު ކުރިއަށްދާ އޭޝިއަން ޔޫތު ގޭމްސްގެ އަންހެން މެޑްލޭ އިވެންޓްގެ ސެމީ ފައިނަލް ހީޓް އެކެއްގައި ވާދަކޮށް، ރާއްޖޭގެ އެތުލެޓިކްސް ޓީމުން މެޑްލޭ ރިލޭ އަންހެން ގައުމީ ރެކޯޑު މުގުރާލައި، އިވެންޓްގެ ފައިނަލް ހީޓުގައި ވާދަކޮށްފި އެވެ.
އެ ގޮތުން، އިއްޔެ، ސެމީ ފައިނަލް ހީޓް އެކެއްގައި ވާދަކޮށް ރާއްޖޭގެ މަރިޔަމް މައިހާ އާއި އައިޝަތު ލުހްޔާ، ޝުއާ އަހުމަދު އަދި އަމަތުﷲ ބިންތު ޔާމީން ހިމެނޭ ރިލޭ ޓީމުން ރެކޯޑު ހެދީ 2 މިނެޓް، 31.25 ސިކުންތުން ރޭސް ނިންމައިގެންނެވެ. މި ޓައިމިން އަށް ބަލާއިރު، އޭޝިއަން ޔޫތު ގޭމްސްގައި ދުވުނު ޒުވާން ހަތަރު އެތުލީޓުން ރާއްޖޭގެ ރެކޯޑު މުގުރާލީ ބޮޑު ތަފާތަކުން ވެސް މެއެވެ.
މީގެ ކުރިން، އައިޝަމް ޝައިމް އަޒީޒް އާއި ހައްވާ މުޒްނާ ފާއިޒް، އައިޝަތު ނުބްލާ ނާހިދު ޝައުގީ އަދި ޖަޒްލާ ހަސަން އަހުމަދު ހިމެނޭ ރިލޭ ޓީމުން ރެކޯޑު ހަދާފައި ވަނީ 2 މިނެޓް 43.17 ސިކުންތުން ރޭސް ނިންމައިގެންނެވެ. މީގެ ކުރިން ގައުމީ ރެކޯޑު ހަދާފައިވަނީ މާލޭގައި ބޭއްވި އިންޓަ ސްކޫލް ޗެމްޕިއަންޝިޕްގަ އެވެ. އެހެންކަމުން، މި ފަހަރުގެ ރެކޯޑް ހާއްސަވަނީ އޭޝިއާ ބައްރުގެ އިންޓަނޭޝަނަލް މުބާރާތެއްގައި، ރެކޯޑް މުގުރާލުމާ އެކު އެވެ.
އިއްޔެގެ ހީޓްގެ ތިން ވަނަ އަށް ރާއްޖޭގެ ރިލޭ ޓީމުން ރޭސް ނިންމައި، އޭޝިއަން ޔޫތު ގޭމްސްގެ އަންހެން މެޑްލޭ އިވެންޓްގެ ފައިނަލަށް ކޮލިފައިވިއިރު، އެއީ ވެސް އެ ޓީމުން ހޯދާފައިވާ ތާރީހީ ކާމިޔާބީ އެކެވެ. ރޭގެ ފައިނަލް ހީޓުގައި ރާއްޖެ ދިޔައީ ހަތް ވަނަ އެވެ. ޓައިމިން އަކީ، ދެ މިނިޓް 32.68 ސިކުންތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ