ބޭންކް އޮފް މޯލްޑިވްސްގެ މިދިޔަ އަހަރުގެ އަހަރި އާއްމުޖަލްސާ މިހިނގާ މާޗްމަހުގެ 28 ވަނަ ދުވަހުގެ ރޭ ބޭއްވުމަށް ތާވަލްކޮށްފިއެވެ.
މިކަމާ ގުޅޭގޮތުން އާއްމު ހިއްސާދާރުންގެ މައުލޫމާތަށްޓަކައި ޤައުމީ ބޭންކުން ނެރެފައިވާ އޭޖީއެމް ނޯޓިހުގައި ބުނެފައިވަނީ، އެ ބޭންކްގެ އަހަރީ އާއްމު ޖަލްސާ މިމަހުގެ 28 ވަނަ ދުވަހުގެ ރޭ 09:00 ގައި ބާސެލޯ ނަދަންދުރާ މާލޭގެ ބޯލްރޫމްގައި ބޭއްވުމަށް ނިންމާފައިވާކަމަށެވެ.
މި ޖަލްސާ ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ، ހިއްސާދާރުންނާއި ޕްރޮކްސީ ހޯލްޑަރުން ޖަލްސާއަށް ހާޒިރުވެގެންނާއި، އެމްއެސްޑީގެ މީޓިން މެނޭޖްމަންޓް ސިސްޓަމް "ފަހިވޯޓް" މެދުވެރިކޮށްކަމަށެވެ.
ބީއެމްއެލުން ބުނީ އޭޖީއެމްއަށް ވީހާވެސް ގިނަ ހިއްސާދާރުން ހާޒިރުވުމަކީ އެ ބޭންކްގެ ވަރަށްބޮޑު އެދުމެއްކަމަށެވެ. ސަބަބަކީ މިފަހަރުގެ އަހަރީ އާއްމު ޖަލްސާގައިބޯނަސް ހިއްސާ ދޫކުރުމާއި، ހިއްސާ ބައިކުރުމާއި، ބޭންކްގެ އަސާސީ ޤަވާއިދު އިސްލާހްކުރުމަށް ނިންމާފައިވާތީއެވެ. ޑިރެކްޓަރުންގެ ބޯޑުން ހުށަހަޅާފައިވާ މިކަންކަން ފާސްކުރެވޭނީ ހިއްސާދާރުންގެ ބައިވެރިވުމާއެކުގައެވެ.
މިއަހަރު ބާއްވާ އަހަރީ އާއްމު ޖަލްސާގައި ބީއެމްއެލުން ކަނޑައަޅާފައިވަނީ ވިޔަފާރީގެ ފައިދާއިން ހިއްސާއަކަށް 60 ރުފިޔާ ބެހުމަށެވެ. މިގޮތަށް ނިންމުމާއެކު ބީއެމްއެލުން ހިއްސާގެ ފައިދާގެ ގޮތުގައި ޖުމްލަ، 322,915,200 ރުފިޔާ ބަހާނެއެވެ. ބީއެމްއެލުން މިދިޔަ އަހަރު ބަހާފައިވަނީ ހިއްސާއަކަށް 55 ރުފިޔާއެވެ.
ބީއެމްއެލްގެ އޭޖީއެމް މާޗްމަހުގެ 28 ވަނަ ދުވަހުގެ ރޭ ބާއްވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ