300 ކިލޯގެ ޑްރަގާއެކު ސިފައިން ހިފެހެއްޓީ ލަންކާގެ ބޯޓެއް
ގަވާއިދާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ އުޅެނިކޮށް، ދިވެހި އަސްކަރިއްޔާގެ ޑްރޯންގެ އެހީގައި އިއްޔެ އަތުލައިގަތީ، ގިނަ އަދަދެއްގެ މަސްތުވާތަކެތި އުފުލަމުންދިޔަ ސްރީ ލަންކާގެ މަސްބޯޓެއް ކަމަށް ލަންކާގެ ނޫހެއްގައި ބުނެފި އެވެ.ލަންކާގެ ނޫހެއްގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ލަންކާގެ ހަ މަސްވެރިން ތިބި އެ ބޯޓުން އަތުލައިގަތީ ގާތްގަނޑަކަށް 300 ކިލޯގެ ހެރޮއިން އާއި އައިސް (ކްރިސްޓަލް މެތު) އެވެ. އެކަމަކު، މި ބޯޓަކީ ރާއްޖެ އައި ބޯޓެއް ކަމެއް ނޫނީ އެހެން ގައުމަކަށް ދިޔަ ބޯޓެއް ކަމެއް އެ ނޫހުން ސާފުކޮށް ދީފައެއް ނުވެއެވެ.ލަންކާގެ ބޯޓުން ފެނުނު މި މަސްތުވާތަކެތި އެ ގައުމުގެ ނޫސްތަކުން ގުޅުވާލީ، ލަންކާގެ ޑްރަގުގެ ބޮޑެއް ކަމަށްވާ 'ދެހިބަލެ މައްލި'އާ އެވެ.މިދިޔަ ބުދަ ދުވަހުގެ ރޭ ވ. ފޮއްތެޔޮމުލީގެ އުތުރުން 137 ނޮޓިކަލް މޭލު ބޭރުގައި ހަރަކާތްތެރިވަމުން ދިޔަ ލަންކާގެ ދެ މަސްބޯޓު ވެސް އެމްއެންޑީއެފް އިން ވަނީ އަތުލައިގަނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ