ސަނީ އުމަރުގެ މައްޗަށް ކުރާ ތުހުމަތުތަކުގެ މައުލޫމާތު ސާފުކުރަން ފުލުހަށް ހާޒިރުކޮށްފި

އެފްސީޕީ މައުލޫމާތު
އަނބިމީހާގެ އާއިލާގެ ކުދިންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު ކުރެވޭ ސަނީ އުމަރު ފުލުހަށް ހާޒިރުކޮށް، މައުލޫމާތު ސާފުކޮށްފި އެވެ.
ވީ ކިހިނެއް؟ - މޯލްޑިވްސް ހަލާލް ޓްރެވަލް ބްރޭންޑުގެ ދަށުން ޓްރެވަލް އެޖެންސީއެއް ހިންގާ އަދި ދާއިރާގެ ހަބަރުތައް ގެނެސްދޭ މީޑިއާތައް ހިންގާ ސަނީ އުމަރުގެ މައްޗަށް ކުރެވޭ ޖިންސީ ގޯނާގެ ތުހުމަތުގެ މައްސަލަތަކެއްގެ ވާހަކަ މީޑިއާގައި ފެންމަތިވެފައިވަނިކޮށް އާއިލާ އިން ވަނީ ފުލުހަށް މައްސަލަ ހުށަހަޅައިފަ އެވެ.
ތަފްސީލް - ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު 'ދައުރު'އަށް ބުނީ އެ މައްސަލައާ ގުޅިގެން މައުލޫމާތު ސާފުކުރުމަށް އެފްސީޕީއަށް މިއަދު އޭނާ ހާޒިރު ކޮށްފައިވާ ކަމަށެވެ.
އާއިލީ ކުދިންތަކަކަށް ޖިންސީ ގޯނާ ކުރިކަން ފަޅާއެރުމުން ސަނީ އުމަރު ރާއްޖެ ދޫކޮށް ފުރާފައިވާކަމަށް ވަނީ އަޑުފެތުރިފަ އެވެ. އޭނާ ފުލުހަށް ހާޒިރުކުރީ އަނބުރާ ރާއްޖެ އައުމުންނެވެ.
އެއީ އަންހެން ދެ ކުއްޖަކާއި ފިރިހެން  ކުއްޖެއް 
 އޭގެ ތެރެއިން އެއް އަންހެން ކުއްޖަކާއި ފިރިހެން ކުއްޖަކީ 18 އަހަރުން ދަށުގެ ދެ ކުދިން
އަނެއް އަންހެން ކުއްޖާއަށް ވެސް ޖިންސީ ގޯނާ ކުރީ އެ ކުއްޖާގެ އުމުރުން 18 އަހަރު ނުވަނީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ