އެސްޓީއޯގެ ހޯލްސޭލް ފިހާރައެއް ބާޒާރުމަތީގައި ހުޅުވައިފި

އެސްޓީއޯގެ ހޯލްސޭލް ސެންޓަރެއް މާލޭ ބާޒާރުމަތީގައި މިއަދު ހުޅުވައިފި އެވެ.
ވީ ކިހިނެއް؟ - އެސްޓީއޯ އިން ބުނީ މި ފިހާރަ ހުޅުވުމުގެ މަގުސަދަކީ ކެއިންބުއިމަށް ބޭނުންވާ އަސާސީ ކާބޯތަކެތި ފަސޭހައިން ހޯލްސޭލްކޮށް ލިބޭނެ މަގުފަހިކޮށްދިނުން ކަމަށެވެ.
ތަފްސީލް - ހަނޑޫ، ހަކުރު އަދި ފުށުގެ އިތުރުން ކެއިންބުއިމަށް ބޭނުންކުރާ އަސާސީ ބާވަތްތައް ހެޔޮ އަގެއްގައި އާންމުންނަށް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތުގެ ދަށުން އަސާސީ ކާބޯތަކެތީގެ ލިސްޓަށް އިތުރުކޮށްފައިވާ ދިޔަ 23 ބާވަތް މިދިޔަ 15 އޮކްޓޯބަރުން ފެށގެން އެސްޓީއޯ އިން އަންނަނީ ބާޒާރަށް ނެރެ ވިއްކަމުންނެވެ.
މި ބާވަތްތައް މާލޭ ސަރައްދުގައި ހުންނަ އެސްޓީއޯގެ ދެ ފިހާރަ ކަމަށްވާ އެސްޓީއޯ ހޯލްސޭލް ސެންޓަރު އަދި އެސްޓީއޯ ޕީޕަލްސް ޗޮއިސް މެދުވެރިކޮށް އަންނަނީ އާންމުންނަށާއި ހޯލްސޭލް ވިޔަފާރިތަކަށް ފޯރުކޮށްދެމުންނެވެ.
މި ހިދުމަތް ފުޅާކުރުމަށް މިއަދު ހުޅުވި އާ ހޯލްސޭލް ސެންޓަރު ހުންނާނީ ކުރިން އެސްޓީއޯ ހޯމް
އިމްޕްރޫވްމަންޓް ހިންގި ތަނުގަ އެވެ.
މި ފިހާރަ ހުޅުވުމުގެ މައިގަނޑު މަގްސަދަކީ، އެސްޓީއޯ އިން ބުނި ގޮތުގައި:
އަސާސީ
ކާބޯތަކެތީގެ ގޮތުގައި ކަނޑައަޅާފައިވާ 23 ބާވަތުގެ އިތުރުން އެސްޓީއޯ އިން ވިއްކާ އުފެއްދުންތައް ހެޔޮ އަގެއްގައި ހޯލްސޭލްކޮށް ވިޔަފާރިވެރިންނަށާއި އާންމުންނަށް
ފޯރުކޮށްދިނުން
މާލެއިން ރަށްރަށަށް މުދާ އުފުލާ ބޯޓުތަކަށް މި ތަކެތި ފަސޭހަކަމާ އެކު ލިބޭނެ މަގު ތަނަވަސްކޮށްދިނުން
މި ފިހާރަ ހުޅުވުމާ އެކު ދަނޑުވެރިކަން
ކުރަމުން އަންނަ ފަރާތްތަކަށް އެ މަސައްކަތުން ނަފާ ހޯދޭނެ މަގު ވެސް
ފަހިވާނެ ކަމަށް އެސްޓީއޯ އިން ބުންޏެވެ. އެގޮތުން:
މި ފިހާރަ މެދުވެރިކޮށް އެސްޓީއޯ އިން ދަނޑުވެރިން
އުފައްދާ ބާވަތްތަށް ހޯލްސޭލްކޮށް ގަންނާނެ
ދަނޑުވެރިންނަށް އެ ފަރާތްތްކުން އުފައްދާ ބާވަތްތަށް ވިއްކޭނޭކަމުގެ ޔަގީންކަން ލިބޭނެ
މިއަދު ހުޅުވި ހޯލްސޭލް ފިހާރަ ހުޅުވާފައި ހުންނާނީ ހުކުރު ދުވަސް ފިޔަވާ އެހެން ކޮންމެ ދުވަހެއްގެ:
ހެނދުނު 8:30 މެންދުރު 12އަށް
މެންދުރު 1 އިން ހަވީރު 5އަށް
އެސްޓީއޯ އިން ބުނީ އެ ކުންފުނީގެ އަމާޒަކީ ކުރިއަށް
އޮތް ތަނުގައި ވެސް އޮޕަރޭޝަންތައް އިތުރަށް ފުޅާކުރުން ކަމަށެވެ.
އެގޮތުން، ގްރޭޓާ މާލޭ ސަރަހައްދުގައި މިހާރު އެންމެ ގިނަ ބަޔަކު ދިރިއުޅެމުން އަންނަ ހުޅުމާލޭގައި އެސްޓީއޯގެ އައުޓްލެޓެއް އަވަސް މުސްތަގުބަލެއްގައި
ހުޅުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުންޏެވެ.
މިއާ އެކު ހުޅުމާލޭގައި ދިރިއުޅޭ
ފަރާތްތަކަށް ވެސް ފަސޭހަކަމާ އެކު އެސްޓީއޯ އިން ވިއްކާ މުދާ ލިބުމުގެ މަގުފަހިވާނެ ކަމަށް ވެސް އެ ތަނުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ