ދެކުނުގެ ރަށެއްގެ 9 އަހަރުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލަ އެއް ބަލަނީ ދަރިވަރަކަށް ޖިންސީ ފުރައްސާރަ ކުރި ޓީޗަރެއްގެ މައްސަލަ ބަލަނީ ދެ އަންހެން ދަރިންނަށް ޖިންސީ ގޯނާ ކުރި މީހާގެ ބަންދަށް 30 ދުވަސް ޖަހައިފި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި

އާއިލާގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު ކުރެވި، ރާއްޖެ ދޫކޮށް ގޮސްފައިވާ ކަމަށް އަޑުފެތުރިފައި ވަނިކޮށް ޑރ. ސަނީ އުމަރު މިއަދު ރާއްޖެ އައުމުން ފުލުހުން އޭނާ ހައްޔަރުކޮށްފިކަމަށް ހަބަރުތައް ބުނެފިއެވެ. މޯލްޑިވްސް ހަލާލް ޓްރެވަލްގެ ނަމުގައި އޭޖެންސީއެއް ހިންގަމުން އަންނަ ސަނީ ހައްޔަރުކުރީ އިންޑިއާއިން ރާއްޖެ އައި ތަނާހެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. އޭނާ ރާއްޖެ އައުމާއެކު އެއާޕޯޓުން ނެރެގެން ފުލުހުންގެ ކާރަކަށް އަރުވައިގެން ގެންދާ މަންޒަރު ފެންނަ ވީޑިއޯތައް ވެސް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ. ފުލުހުން ބުނީ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކޮށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ސުވާލު ކުރުމަށް އޭނާ ފުލުހުންގެ އިދާރާއަށް ގެންގޮސްފައިވާ ކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ ކުއްޖާގެ އާއިލާގެ ފަރާތުންނެވެ. ރިޕޯޓުތައް ބުނާ ގޮތުގައި ސަނީ އުމަރު ޖިންސީ ގޯނާކޮށްފައި ވަނީ އޭނާގެ އަނބިމީހާގެ އާއިލާގެ ކުދިންތަކަކަށެވެ. މި މައްސަލަ ފެންމަތިވުމާ އެކު އޭނާ ރާއްޖެ ދޫކޮށް ފިލާފައިވާ ކަމަށް މީގެ ކުރިން ވަނީ އަޑުފެތުރިފައެވެ. މި ސީރިއަސް ތުހުމަތުތަކާ ގުޅިގެން “ދަ ޓްރެވަލް ގައިސް ޕްރައިވެޓް ލިމިޓެޑް” އިން ވަނީ އޭނާގެ ހިއްސާ އަތުލައި، އެ ކުންފުނިން އޭނާ ވަކިކުރަން ނިންމައި އިއްޔެ އެކަން އިއުލާނުކޮށްފައެވެ. ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކަކީ ރާއްޖޭގައި މިހާރު އިތުރުވަމުން އަންނަ ބޮޑު މައްސަލައެކެވެ. ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް ޖިންސީ ކުށުގެ 239 މައްސަލައެއް ފުލުހުންނަށް ވަނީ ހުށަހަޅާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ