މާލޭގެ ޒަރޫރީ މުދަލުގެ އަގުތަކުގެ އިންޑެކްސް (އީސީޕީއައި) އޮކްޓޯބަރުގައި އޭގެ ކުރިން، ސެޕްޓެމްބަރާ އަޅާބަލާއިރު %0.98 ޕޮއިންޓް ދަށަށް ގޮސްފި އެވެ.
ވީ ކިހިނެއް؟ - ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިކްސްއިން އާންމުކޮށްފައިވާ ފަހުގެ ހިސާބުތަކަށް ބަލާއިރު، މާލޭގައި %114.04ގައި ހުރި ޒަރޫރީ މުދަލުގެ އިންފްލޭޝަން ދަށަށް ދިޔުމުގެ މައިގަނޑު ސަބަބަކީ، ކާބޯތަކެތީގެ ބާވަތްތަކުގެ އަގު ހެޔޮވުމެވެ. އެގޮތުން ސީޕީއައި:
ކާބޯތަކެތީގެ ސީޕީއައި ވަނީ %1.49 ޕޮއިންޓް ދަށްވެފައި
މޭވާގެ ބާވަތްތަކުން %7.94 ޕޮއިންޓް ވަނީ ދަށްވެފައި އަދި ތަރުކާރީން %0.98 ދަށްވުމެއް
ހަކުރު، ޖޭމު، މާމުއި، ޗޮކްލެޓް އަދި ފޮނިކާތަކެތީގެ ބައިން %1.15
ކިރު، ކިރުގެ އުފެއްދުންތައް އަދި ބިހުގެ ބާވަތްތަކުން %0.38 ގެ އަގުތައް އުފުލިފައި
މަހުން މަހަށް ބަލާއިރު އަގުތައް ދަށަށް ދިޔަ ނަމަވެސް އަހަރީ އިންފްލޭޝަން ރޭޓުން ދައްކަނީ ތަފާތު މަންޒަރެކެވެ. މިދިޔަ އަހަރުގެ އޮކްޓޯބަރާ އަޅާބަލާއިރު މާލޭގައި ޒަރޫރީ ބާވަތްތަކުގެ އަގު ވަނީ %1.89އަށް އުފުލިފަ އެވެ. މީގެ މާނައަކީ މީގެ އެއް އަހަރު ކުރިޔާ އަޅާބަލާއިރު ޒަރޫރީ މުދަލުގެ އަގުތައް މަތިވެފައިވުމެވެ.
އަހަރުން އަހަރަށް ބަލާއިރު، ކާބޯތަކެތީގެ އަގުތައް ވަނީ %1.82 އުފުލިފަ އެވެ. މި އުފުލުމަށް އެންމެ ބޮޑަށް މަގުފަހިވީ:
މޭވާ: %6.94 މަތިވެފައި
އެހެނިހެން ކާބޯތަކެތި: %4.06 މަތިވެފައި
ތަރުކާރީގެ އަގުތައް: %10.10 ޕޮއިންޓް ދަށްވެފައި
އެކިއެކި ބާވަތްތަކުން އިންފްލޭޝަނަށް އައި ބަދަލުތަކަކީ:
ބުއިންތައް: މަހުން މަހަށް %0.45 އަދި އަހަރުން އަހަރަށް %2.68އަށް މައްޗަށް އަގުތައް މައްޗަށް ދިޔަ. އަހަރުން އަހަރަށް ބަލާއިރު އެންމެ ބޮޑު އިތުރުވުމެއް ފެނިފައިވަނީ ކޮފީ އާއި ކޮފީގެ ބަދަލުގައި ބޭނުންކުރާ ބާވަތްތަކުން %8.68 އަދި މޭވާ އާއި ތަރުކާރީގެ ޖޫހުން %5.67
ޕާސަނަލް ކެއާ ޕްރޮޑަކްޓްސް (ހަށިގަނޑު ރީތިކޮށް ބެލެހެއްޓުމަށް ބޭނުންކުރާ ތަކެތި): މަހުން މަހަށް %0.18 މައްޗަށް މި ބައިގެ އަގުތައް އުފުލުނުއިރު، އަހަރުން އަހަރަށް %2.99ގައި އަގުތައް ބޮޑުވި
ގޭހާއި އެހެނިހެން ތެލުގެ ބާވަތްތައް: މިދިޔަ ސެޕްޓެމްބަރުން އޮކްޓޯބަރު އަގުތައް %0.64ގައި ބޮޑުވި ނަމަވެސް މިދިޔަ މަހާ އަޅާބަލާއިރު އަހަރުން އަހަރަށް އަގުތައް ވަނީ %0.83 ޕޮއިންޓް ދަށަށް ގޮސްފައި
މޫސުމީ ބަދަލުތަކާ ގުޅިގެން މޭވާ އާއި ތަރުކާރީގެ އަގުތައް އޮކްޓޯބަރުގައި ކުޑަ ލުޔެއް ލިބުނު ނަމަވެސް، އަހަރުން އަހަރަށް ބަލާއިރު އަގުތައް މަތިވުމުން ބުނެދެނީ ޒަރޫރީ މުދަލުގެ އިންފްލޭޝަންގެ ޕްރެޝަރު އަދިވެސް ބޮޑުކަމެވެ.
މާލޭގައި ޒަރޫރީ މުދަލުގެ އަގު ކުޑަކޮށް ހެޔޮވެއްޖެ؛ ނަމަވެސް އަހަރީ އިންފްލޭޝަން މައްޗަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ