މާލީ ބައިވެރިވުން އިތުރުކުރަން ބީއެމްއެލްއިން ކުރާ މަސައްކަތަށް ބައިނަލްއަގުވާމީ އެވޯޑެއް

މާލީ ބައިވެރިވުން އިތުރުކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ އަގުވަޒަންކޮށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އަށް ދުނިޔޭގެ ފެންވަރުގެ އެވޯޑެއް ދީފި އެވެ.
ވީ ކިހިނެއް؟ - މާލީ ދާއިރާގައި ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ކޯރަސްގެ ފަރާތުން 'އައުޓްސްޓޭންޑިން އެޗީވްމަންޓް އޮފް ދަ އިޔާ އިން ފައިނޭންޝަލް އިންކްލޫޝަން'ގެ އެވޯޑު ބީއެމްއެލްއަށް ދިނީ ދުބާއީގައި ބޭއްވި ރީއިންވެންޓް ފޯރަމް 2025ގަ އެވެ.
ތަފްސީލް - ބީއެމްއެލްއަށް މި އެވޯޑު ދީފައި ވަނީ 'މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް' މަޝްރޫއާ އެކު ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ބޭންކިންގެ ހިދުމަތް ގާއިމުކޮށް، މާލީ ބައިވެރިވުން އިތުރުކުރުމަށް ކުރި މަސައްކަތަށް ކަމަށް ބީއެމްއެލް އިން ބުންޏެވެ. އެގޮތުން، އެ ބޭންކުން ބުނީ:
އެ ބޭންކުން މި މަޝްރޫއު ނިންމާލީ މިދިޔަ މަހު 28ގައި
މި މަޝްރޫގެ ދަށުން، މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ސެލްފް-ސާވިސް ބޭންކިން ހިދުމަތް ބީއެމްއެލް އިން ވަނީ ގާއިމުކޮށްފައި 
މި މަޝްރޫއުގެ ދަށުން، 9 މަސްދުވަހުގެ ތެރޭގައި 105 ރަށެއްގައި އޭޓީއެމް ބެހެއްޓި
"ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަކަށް އަޅުގަނޑުމެންގެ ހިދުމަތްތައް ފުޅާކުރުމަށް ކުރެވުނު މަސައްކަތްތަކުގެ އަގުވަޒަންކޮށް، މި އެވޯޑު ލިބުމަކީ އަޅުގަނޑުމެނަށް ލިބޭ ފަހުރެއް. މިކަމުން ހާމަވެގެންދަނީ އަޅުގަނޑުމެންގެ މި މަޝްރޫއުގެ މުހިންމުކަމާއި ބޭނުންތެރިކަން،" ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވި އެވެ.
"ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ހިދުމަތް ފޯރުކޮށްދިނުމަކީ އަޅުގަނޑުމެނަށް ލިބޭ އުފަލެއް. އަޅުގަނޑުމެންގެ އަމާޒަކީ ބޭންކުގެ ހިދުމަތްތައް އިތުރަށް ފުޅާކޮށް، ކަސްޓަމަރުންނަށް އެންމެ ބޭނުންވާ ހިދުމަތެއް ފޯރުކޮށްދިނުން."
20 އަތޮޅުގައި 42 ބްރާންޗު
202 ސެލްފް-ސާވިސް ބޭންކިން ސެންޓަރު 
262 އޭޓީއެމް
އެންމެ ޒަމާނީ އޮންލައިން ބޭންކިންގެ ހިދުމަތް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ