ހުޅުމާލޭ ގެސްޓްހައުސްއެއްގައި މިދިޔަ މަހު 30، ގައި މަރުވެފައި އޮއްވާ ފެނުނު ނޭޕާލް މީހާގެ ގޮހޮރުގައި ހުރި މަސްތުވާތަކެތި ހުޅުމާލެ ސަހަރާގައި ބާއްވައިގެން ނެގީ ހަށިގަނޑު ޑީކޮމްޕޯޒްވެފައި އޮތުމުގެ ސަބަބުން ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ 40 އަހަރުގެ ނޭޕާލް މީހާގެ ސީޓީ ސްކޭނެއް ހެދިއިރު ގޮހޮރުގައި މަސްތުވާތަކެތި ހުރިކަން އެނގުމުން އެކަމުގައި އަމަލުކުރަންވީ ގޮތުގެ ލަފާ ހޯދީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކަމަށެވެ.
ޕީޖީގެ ލަފަޔާ އެއްގޮތަށް ޑިސެމްބަރު 2، ގައި އެ މީހާގެ ހަށިގަނޑުގައި ހުރި މަސްތުވާތަކެތި ހުޅުމާލޭ ސަހަރާގައި ނެގީ އެކަމަށް ހާއްސަ ސްޕެޝަލިސްޓް ޑޮކްޓަރުންގެ ލަފަޔާ އެއްގޮތަށް ޑޮކްޓަރެއްގެ އެހީތެރިކަމާއެކު ކަމަށް ފުލުހުން ބުންޏެވެ.
"މީހާގެ ހަށިގަނޑުން ތަކެތި ނެގުމުގެ އޮޕަރޭޝަން ސިއްހީ ހިދުމަތްދޭ ތަނެއްގައި ކޮށްފައިނުވަނީ އެފަދަ އޮޕަރޭޝަނެއް ކުރެވޭ ވަރަށްވުރެ ބޮޑަށް ހަށިގަނޑި ޑީކޮމްޕޯސްވެފައި އޮތުމުގެ ސަބަބުން،" ފުލުހުން ބުންޏެވެ.
މަރުވި މީހާގެ ގޮހޮރުން 78 ބުލެޓް ނަގާފައިވާއިރު އެ ތަކެތީގެ ބަރުދަނުގައި 818 ގްރާމް ހުއްޓެވެ.
ފުލުހުން ބުނީ މިހާތަނަށް ބެލިބެލުމުން އެ މީހާ ރާއްޖެ އައީ އިތުރު ދެ މީހަކާއެކު މިދިޔަ މަހު 26، ގައި ކަމަށައި އެ މީހުން މާފުށީގައި އުޅުމަށްފަހު ހުޅުމާލެ ގެސްޓްހައުސްއަށް ޗެކިންވީ މިދިޔަ މަހު 28، ގައި ކަމަށެވެ.
މަރުވި މީހާއާއެކު އައި އިތުރު ދެ މީހުން ރާއްޖެ ދޫކޮށް މިދިޔަ މަހު 28، ގައި ފިލައިގެން ގޮސްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. އެ މައްސަލަ ފުލުހުން ދަނީ ބަލަމުންނެވެ.
ފުލުހުން ބުނީ މި މައްސަލައިގެ މައުލޫމާތު ހާމަކޮށްފައިނުވަނީ މި މައްސަލައަކީ ތަހުގީގު ކުރަމުންދާ މައްސަލައަކަށްވުމާއި މި މައްސަލާގައި ވަށައިގެންވާ ކަންކަމަށް ބަލައި، ލިބިފައިވާ މައުލޫމާތުތައް ކަށަވަރުކޮށް، މި މައްސަލާގައި ހިމެނޭ މީހުން ދެނެގަތުމަށް ކަމަށެވެ.
ސަހަރާގައި ބާއްވައިގެން މަސްތުވާތަކެތި ނެގީ ހަށިގަނޑު ޑީކޮމްޕޯސްވެފައި އޮތުމުން: ފުލުހުން ސަހަރާގައި ބާއްވައިގެން މަސްތުވާތަކެތި ނެގީ ހަށިގަނޑު ޑީކޮމްޕޯސްވެފައި އޮތުމުން: ފުލުހުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ