އެކުއަކަލްޗާ ކުރިއެރުވުމުގެ އެއްބަސްވުމެއްގައި ޗައިނާ ކުންފުންޏަކާއެކު ސޮއިކޮށްފި އެކުއަކަލްޗާ ކުރިއެރުވުމުގެ އެއްބަސްވުމެއްގައި ޗައިނާ ކުންފުންޏަކާއެކު ސޮއިކޮށްފި

ދެމެހެއްޓެނިވި ގޮތެއްގައި އެކުއަކަލްޗާ ކުރިއެރުވުމުގެ އެއްބަސްވުމެއްގައި ޗައިނާ ކުންފުންޏަކާއެކު ދިވެހިރާއްޖެއިން ސޮއިކޮށްފި އެވެ.
އެކުއަކަލްޗާ ކުރިއެރުވުމުގެ އެއްބަސްވުމުގައި ދިވެހިރާއްޖޭގެ މެރިން ރިސާޗު އިންސްޓިޓިއުޓުން ސޮއިކުރީ ޗައިނާގެ ފުޖިއާން ފިޝަރީސް ރިސާޗު އިންސްޓިޓިއުޓާއެކު އެވެ.
ފިޝަރީސް މިނިސްޓްރީން ބުނީ އެ އެއްބަސްވުމުގެ ދަށުން ދެމެހެއްޓެނިވި ގޮތެއްގައި އެކުއަކަލްޗާ ކުރިއެރުވުމާއި ތިމާވެށްޓާ ރައްޓެހި ޓެކްނޮލޮޖީ ބޭނުން ކޮށްގެން ކަނޑުގެ ވަސީލަތްތައް މެނޭޖު ކުރުމަށް ދެ ފަރާތުން ގުޅިގެން މަސައްކަތް ކުރާނެ ކަމަށެވެ.
ފުޖިއާން ފިޝަރީސް އިންސްޓިޓިއުޓާއެކު ރާއްޖެއިން ވީ އެއްބަސްވުމުގެ އިތުރު ތަފުސީލެއް އަދި ހާމައެއް ނުކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ