ރައީސްގެ ރިޔާސީ ވައުދާ އެއްގޮތަށް ވިލުފުށީ އެއާޕޯޓުގެ އަަމަލީ މަސައްކަތް މާދަމާ ފަށަނީ

ތ.ވިލުފުށީ އެއާޕޯޓުގެ އަމަލީ މަސައްކަތް މާދަމާ ފަށާނެ ކަމަށާއި، އެ މަޝްރޫއު ދެ އަހަރާ ބައިގެ ތެރޭގައި ނިންމަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ރާއްޖޭގެ ހަތަރު އަތޮޅަކަށް ފެއްޓެވި  އަށް ދުވަހުގެ ދަތުރުފުޅުގައި، މިއަދު ތ.ވިލުފުއްޓަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް މުއިއްޒު ވިދާޅުވީ ވިލުފުށީ އެއާޕޯޓަކީ ތ. އަތޮޅަށް ވަރަށް މުހިންމު މަޝްރޫއުއެއް ކަމަށާއި، މާދަމާ އެ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށާނެ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ އެ އެއާޕޯޓުގައި 1،800 މީޓަރު ދިގު ރަންވޭއެއް އޮންނާނެ ކަމަށެވެ.
”އެ މަސައްކަތް ފަށާގޮތަށް އެއްކޮށް ނިންމައި 30 މަސް ދުވަސް އެއީ ދެ އަހަރާއި ބައި ތެރޭގައިވހުޅުވާނަން،“ ރައީސް ވިދާޅުވިއެވެ.
ވިލުފުށީގެ އެއާޕޯޓުގެ މަޝްރޫއު ހަގީގަތަކަށް ހަދައިދިނުމަކީ، ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭގައި، އެ ރަށަށް ވަޑައިގެން ރައީީސް ވިދާޅުވެފައި ވަނީ، އިގްތިސާދީ ގޮތުންނާއި ދަތުރުފަތުރުގެ ގޮތުން ބަލާއިރު، ވިލުފުއްޓަށް އެންމެ ބޭނުން ޖެހިފައި އޮތް ކަމަކީ އެއާޕޯޓް ކަމަށެވެ.
ނަމަވެސް، އޭރުގެ ސަރުކާރަށް އެކަމުގައި އަމަލީ ސިފަ ޖައްސައި ނުދެވުނު ކަމަށާއި  އެކަން ކޮށްދޭނީ އެމަނިކުފާނުގެ ސަރުކާރެއްގައި ކަމަށް އޭރު ރައީީސް ވިދާޅުވިއެވެ.
 
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ