އެމްޓީސީސީން ބުނި ގޮތުގައި، މާލޭގެ މަގުތަކުގެ ހާލަތަށް ބަލައި، ދުއްވަން ފަސޭހަ މޮޑެލްތަކުގެ ކާރުތައް އިޚްތިޔާރު ކުރުމަށް ވަނީ ވަރަށް ބޮޑަށް އިސްކަންދީފައެވެ. އަދި މި ޚިދުމަތް އެންމެ ފުރިހަމައަށް ފޯރުކޮށްދިނުމަށްޓަކައި ޖުމްލަ 407 ޑްރައިވަރުން ބޭނުންވާއިރު، އޭގެ ތެރޭގައި 285 ފުލްޓައިމް ޑްރައިވަރުންނާއި 122 ޕާޓްޓައިމް ޑްރައިވަރުން ހިމެނެއެވެ.
ސަރުކާރުން ފެށި މި އައު ޓެކްސީ ލައިންގެ ޚިދުމަތާއެކު، މާލޭ ސަރަޙައްދުގައި ދަތުރުކުރުމަށް ރައްޔިތުން އުފުލަމުންދިޔަ ބޮޑު ތަކުލީފަށް ނިމުމެއް އައިސް، މުޅި ދަތުރުފަތުރުގެ ނިޒާމަށް ހެޔޮ ބަދަލެއް ފެންނާނެ ކަމަށް ސަރުކާރުން ބުނެއެވެ.
މާލެ ޓެކްސީ ލައިންގެ ޚިދުމަތް ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ