ބޮޑު ދެ ޕާޓީން ބޭއްވި ބިޔަ ހިނގާލުމާއެކު ކެމްޕެއިން ނިންމާލައިފި

ބޮޑު ދެ ޕާޓީ -- ޕީއެންސީއާ އެމްޑީޕީން ބޭއްވި ބިޔަ ހިނގާލުމާއެކު މާދަމާ އޮންނަ އިންތިހާބުގެ ކެމްޕެއިން ރަސްމީކޮށް ނިންމާލައިފި އެވެ.
މާދަމާ އޮންނާނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިހާާބާއި ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާމެދު ނަގާ ފެންނަ ނުފެންނަ ވޯޓެވެ. 
ތިން އިންތިހާބާއި ގުޅިގެން މައި ދެ ޕާޓީ ކަމަށްވާ ޕީއެންސީއާ އެމްޑީޕީން ވަނީ ވަރުގަދަ ކެމްޕެއިނެއް ހިންގާފަ އެވެ. އެ ޕާޓީގެ ކެންޕެއިން ނިންމުމުގެ ގޮތުން އޮތީ ހިނގާލުމެކެވެ. ދެ ޕާޓީގެ ހިނގާލުމުގައި ވެސް އެތައް ސަތޭކަ ބަޔަކު ބައިވެރިވި އެވެ.
ޕީއެންސީގެ ހިނގާލުމުގައި އިސްކޮށް ހުންނެވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެވެ.
އެމްޑީޕީގެ ހިނގާލުމުގެ އިސްކޮށް ކުރީގެ ދެ ރައީސުން ކަމަށްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގެންނެވި އެވެ.
ހިނގާލުމުގެ ބައިވެރީން ތިބީ އެ ޕާޓީތަކުގެ ސިޔާސަތުތަކާއި ކެންޑިޑޭޓުންގެ ފޮޓޯތަކާއި ޕާޓީގެ ދިދައާ ލޯގޯ ރަމްޒުކޮށްދޭ ލިޔުންތަކާއި ބެނާތައް ހިފައިގެންނެވެ.
މާދަމާ ވޯޓް ނެގުން އޮތީ ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ. އިރުއޮއްސި ހައެއް ޖެހުމާއެކު ކެމްޕެއިން ކުރުން ވަނީ މަނާވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ