ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އަމިއްލަ އުފެއްދުމެއްކަން އަންގައިދޭ ލޯގޯ "ޝާމިލް" ބޭނުން ކުރުމަށް އެދި ހުށަހެޅުމަށް ހުޅުވާލައިފި އެވެ.
މި ލޯގޯ އަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އުފެއްދުންތައް މާކެޓުކުރުމަށް ސޯޝަލް މިނިސްޓްރީ އާއި ބިޒްނަސް ސެންޓަ ކޯޕަރޭޝަން (ބީސީސީ) ގުޅިގެން ވުޖޫދަށް ގެނައި ލޯގޯއެކެވެ. މީގެ މައިގަނޑު މަޤްޞަދަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހުނަރާއި، އުފެއްދުންތެރިކަމާއި، ކަންކަމުގައި އެފަރާތްތަކުގެ ހިއްސާ ރަމްޒުކޮށްދޭ "ބްރޭންޑް އައިޑެންޓިޓީއެއް" ޤާއިމު ކުރުމެވެ. އަދި މި ލޯގޯ އަކީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން ހިންގާ ކުދި ވިޔަފާރިތަކަށް އެހީތެރިވެދޭ، އެފަރާތްތައް މުޖުތަމަޢުގައި ޝާމިލުކޮށް، ބާރުވެރިކުރުވާ ޤައުމީ ނިޝާނަކަށް ވެގެންދާނެ ކަމަށް މިނިސްޓްރީން ބުންޏެ.
ލޯގޯއަށް އެދި ހުށަހެޅުމުގައި އެ ފަރާތެއްގެ އުފެއްދުމަކީ އަމިއްލަ އުފެއްދުމެއްކަމުގައި ބަލާ މިންގަނޑުގެ ތެރޭގައި އެ ތަކެތި އުފެއްދުމަށް ބޭނުންކުރާ ތަކެތި ނުވަތަ ސާމާނުގެ 30 ޕަސެންޓް ވާން ވާނީ ރާއްޖޭގައި އުފައްދާފައިވާ ނުވަތަ ރާއްޖެއިން ލިބެން ހުރި ތަކެތި ކަމަށެވެ.
ޝާމިލް ލޯގޯ އަށް އެދި ހުށަހަޅާ ފޯމު ބީސީސީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ އެވެ.
އެ ލޯގޯ އިފުތިތާހުކުރީ މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގަ އެވެ.
ޝާމިލް ލޯގޯ ބޭނުން ކުރުމަށް އެދެން ހުޅުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ