މިއަދުވެސް ގުގުރާ ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށްފި

ހޫނުގަދަ ދުވަސްތަކަކަށްފަހު، މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގަ، މިއަދުވެސް ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް އިން ލަފާކޮށްފިއެވެ.
މިގޮތުން، ބ އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ދެމެދަށް، ހުދުސަމާލު ވަނީ ނެރެފައެވެ. ބޯކޮށް ވާރޭވެހުމުގެ އިތުރުން، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެކަމަށްވެސް މީޓިއޮރޮލޮޖީ އިން ލަފާކޮށްފައިވެއެވެ.
މީގެ އިތުރުން، ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެކަމަށް ލަފާކުރެވުނަސް، ވިލާގަނޑުގައި ގަދަވާނެ ކަމަށާއި، ރާޅުގެ އުސްމިން ގާތްގަނޑަކަށް 2 ފޫޓާއި 5 ފޫޓާއި ދެމެދުގަ ހުންނާނެކަމަށްވެސް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް އިން ލަފާކުރެއެވެ.
މިހާރުކުރަމުންދާ ވިއްސާރައިގަ، ހުޅުމާލޭގެ ފޭސް 1 ގެ ބައެއް އިމާރާތްތަކަށް ހޮނުއަޅައި، ބައެއް އިމާރާތްތަކަށް ގެއްލުންވެސް ލިބިފައިވެއެވެ. އެއްވެސް މީހަކަށް އަނިޔާވިކަމުގެ މައުލޫމާތެއް ލިބިފައި ނެތްނަމަވެސް، އިމާރާތްތަކަށް ހޮނު އެޅުމުގެ ސަބަބުން، ބައެއް އިމާރާތްތަކުގެ ކޮންކްރީޓުން ބައެއް ވެއްޓުނު ކަމަށް މަންޒަރު ދުށް ބައެއް ފަރާތްތަކުން ހާމަކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ