ހޮނުއަޅައި، ކަރަންޓު ކެނޑޭނަމަ ޑީ-ބޯޑު ޗެކްކޮށް، ބްރޭކަރު ރީސެޓްކުރުމަށް ސްޓެލްކޯއިން އިލްތިމާސްކުރައްވައިފިއެވެ.
ސްޓެލްކޯއިން މިގޮތަށް އިލްތިމާސްކުރެއްވީ ރޭގެ ވަގުތެއްގައި މާލެ ސަރަހައްދަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި، ބައެއް ސަރަހައްދުތަކަށް ހޮނުއެޅުމާ ގުޅިގެން ކަރަންޓު ކެނޑުމުގެ މައްސަލަތައް ދިމާވުމާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެ ކުންފުނިން ވިދާޅުވީ ގުގުރައި ހޮނު އެޅުމުގެ ސަބަބުން، ބައެއް ގޭގޭގެ އަރތު ލީކެޖް ސަރކެޓް ބްރޭކަރ، އީ.އެލް.ސީ.ބީ ވެއްޓި ކަރަންޓު ކެނޑެމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެގޮތަށް ކަރަންޓު ކެނޑިއްޖެނަމަ ގޭ ތެރޭގެ ނުވަތަ އެޕާޓްމަންޓުގެ ޑީ-ބޯޑު ޗެކްކުރުމަށް ވަނީ އެދިވަޑައިގެންފައެވެ.
ސްޓެލްކޯއިން އިލްތިމާސްކުރެއްވީ ޑީ-ބޯޑު ބެލުމަށްފަހު އީ.އެލް.ސީ.ބީ ވެއްޓިފައިވާނަމަ އަލުން ރިސެޓްކޮށް، ކަރަންޓު ދިނުމަށް މަސައްކަތް ކުރުމަށެވެ. އެހެން ނަމަވެސް، އީ.އެލް.ސީ.ބީ ރިސެޓްކުރުމަށް ފަހު ނަގާ ވަގުތު އަލުން ވެއްޓޭނަމަ، ނުވަތަ ކަރަންޓު ނުލިބޭނަމަ އެ ކުންފުނީގެ ހޮޓްލައިން 1545 އަށް ގުޅައިގެން ރިޕޯޓް ކުރުމަށް ވަނީ އެދިވަޑައިގެންފައެވެ.
ރޭ ރާއްޖެއަށް ކުރި ވިއްސާރައިގައި ހުޅުމާލެ ފުރަތަމަ ފިޔަވަހި އަދި ދެވަނަ ފިޔަވަހީގެ ދެ ބިލްޑިންއަކަށް ހޮނުއަޅާ މަންޒަރު ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެނެއެވެ. އެ ބިލްޑިންތަކުގެ އެޕާޓްމަންޓުތަކުން ކަރަންޓު ކެނޑުނު ކަމަށް ރިޕޯޓްކޮށްފައިވާ ކަމަށްވެސް މައުލޫމާތުލިބެއެވެ.
ހޮނުއެޅުމުން ކަރަންޓު ކެނޑޭނަމަ ޑީ-ބޯޑު ޗެކްކޮށް، ބްރޭކަރު ރީސެޓްކުރަން އިލްތިމާސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ