އާދިއްތަ ދުވަހާއި ހޯމަ ދުވަސް ސަރުކާރު ބަންދު

މިއަދު ބޭއްވި އިންތިހާބުތަކާ ގުޅިގެން އަންނަ އާދީއްތަ ދުވަހާއި ހޯމަ ދުވަސް ބަންދުކުރަން ސަރުކާރުން ނިންމައިފި އެވެ.މާދަމާ އާއި ޖެހިގެން އަންނަ ހޯމަ ދުވަސް ވެސް ބަންދުކުރުމަށް ސަރުކާރުން ނިންމައި، ރައީސް އޮފީހުން ދެންނެވުމެއް ވަނީ ނެރެފަ އެވެ.ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފްސް އަބްދުﷲ ފަޔާޒު ސޮއިކުރައްވައި ނެރުއްވި އެ ދެންނެވުމުގައި ވަނީ:މާދަމާ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ނިންމީ ވޯޓު ގުނުމާއި އިންތިހާބުގެ ގިނަ މަސައްކަތްތަކުގައި ދައުލަތުގެ އެކި މުއައްސަސާތަކާއި ސިވިލް ސާވިސްގެ ގިނަ އަދަދެއްގެ މުވައްޒަފުން ހަރަކާތްތެރިވެފައިވާތީ އެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން އެދިފައިވާތީއިންތިހާބަށް ފަހުގައި ވެސް އިންތިހަބާ ގުޅުން ހުރި މުހިންމު މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާތީ ހޯމަ ދުވަސް ވެސް ބަންދުކުރުމަށް ނިންމާފައިވޭމިއަދު ކުރިއަށް ގެންގޮސްފައިވަނީ ތިން އިންތިހާބެކެވެ. އެއީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ އިތުރުން ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ފެނޭތޯ ރައްޔިތުންގެ ހިޔާލު ހޯދަން ނެގި ވޯޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ