މިދައުރުގެ ފުރަތަމަ ތިން އަހަރު އެކަނިވެސް 2.3 ބިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެވިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިއަދުގެ ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ، މަސްތުވާތަކެތީގެ ވަބާއިން މުޖުތަމައު ސަލާމަތްކުރުމަށް ކުރަމުންގެންދާ މަސައްކަތްތަކުގެ ދަށުން މަސްތުވާ ތަކެތީގެ ސަޕްލައި ދަށްކުރުމަށްޓަކައި، މިދިޔަ އަހަރު 212 އޮޕަރޭޝަނެއް ހިންގާފައިވާނެކަމަށެވެ. އޮޕަރޭޝަން އަލިމަގު” ގެނަމުގައި ކުރިއަށްގެންދާ މިއޮޕަރޭޝަނާ ގުޅޭގޮތުން ރައީސް ވިދާޅުވީ، އެއްފަހަރާ 500 ފުލުހުން ބޭނުންކޮށްގެން ފެށި މި އޮޕަރޭޝަނުގައި 204 ތަނެއް ބަލާ ފާސްކޮށް، 271 ފަރާތެއް ބަންދުކޮށް، 120 މައްސަލަ ބަލާ ތަހުގީގު ކުރަމުންދާކަމަށެވެ.
ރައީސް ވިދާޅުވީ 2023 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 17 ވަނަ ދުވަހުން ފެށިގެން މިހާތަނަށް 1366 ކިލޯގްރާމް ގެ މަސްތުވާ ތަކެތި އަދި 14،825 ބަނގުރާފުޅި
ވަނީ އަތުލައިގަނެވިފައިވާކަމަށެވެ. އެގޮތުން މިތަކެތީގެ ޖުމްލަ މަގުމަތީ އަގަކީ 2.3 ބިލިއަން ދިވެހި ރުފިޔާއަށް އަރާކަމަށް ރައީސް ވިދާޅުވިއެވެ. މިއީ ވޭތުވެދިޔަ 3 ދައުރުގައިވެސް ފުރަތަމަ 2 އަހަރު އަތުލެވުނު އެންމެ ގިނަ މަސްތުވާތަކެތި
އަތުލެވުނު ދެ އަހަރުކަން ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ
އެކި ހިސާބުތަކުގައި ހަރަކާތްތެރިވާ މަސްތުވާތަކެތީގެ ވިޔަފާރިކުރާ ނެޓްވޯކްތައް
ދެނެގަނެ، ރާއްޖެއަށް މަސްތުވާތަކެތި
އެތެރެކޮށް، އެ ތަކެތީގެ ވިޔަފާރިކޮށްގެން ހޯދާ ފައިސާ ލޯންޑަރކުރާ ނެޓްވޯކުތައް
ހުއްޓުވުމަށްޓަކައި، އޮޕަރޭޝަންތައް ފަށާފައިވާކަމަށެވެ. އެގޮތުން އެގޮތުން
އެކި ސިޓީތަކުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ނެޓްވޯކްތަކަށް އަމާޒުކޮށް
އޮޕްރޭޝަންތައް ކުރިއަށްގެންގޮސްފައިވާއިރު، މި ނެޓްވޯކްތަކުގައި އިސްކޮށް ހަރަކާތްތެރިވާ
ފަރާތްތަކާއި، އެމީހުންގެ ދަށުން އިސްކޮށް މަސައްކަތްކުރާ ފަރާތްތައް
ހައްޔަރުކުރެވި، އެމީހުންގެ މައްސަލަތައް ތަހްގީގްކުރެވެމުންދާކަން ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިހިނގާ އަހަރުގެ ތެރޭގައި މި އޮޕަރޭޝަން މުޅި ރާއްޖޭގެ ހުރިހާ އަތޮޅަކަށް ފުޅާކޮށް ކުރިއަށްގެންދާނޭކަމަށެވެ.
ދައުރުގެ މިހާތަނަށް 2.3 ބިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެވިއްޖެ: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ