އަންނަ މާޗު މަހުން ފެށިގެން ކޮންމެ ހަފްތާއަކު އެއް ދުވަހުގެ އެއް ގަޑިއިރު ނޫސްވެރިންނާ ބައްދަލުކުރުމަށް ހާއްސަކުރާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މިދިޔަ އަހަރުގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހު ރެކޯޑު ހެދުމަށް ޕްރެސް ކޮންފަރެންސެެއް ބޭއްވި އެވެ. އޭގެ ފަހުން އަދި މުއިއްޒު ނޫސްވެރިންގެ ބައްދަލުވުމެއް ރައީސް އޮފީހުގައި ނުބާއްވަވަ އެވެ.
ރިކޯޑު ހެދި ނޫސްވެރިންގެ ބައްދަލުވުން މުއިއްޒު ނިންމަވާލެއްވީ މީޑިއާތަކާއެކު މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވަމުންނެވެ. ގިނަ ގިނައިން، އަވަސް އަވަހަށް ނޫސްވެރިންނާ ބައްދަލުކުރައްވާނެ ކަމަށް ވެސް އެ ދުވަހު ވިދާޅުވި އެވެ.
އެ ދުވަހަށް ފަހު މިއަދަށް 278 ދުވަސް ފާއިތުވެފައިވާއިރު ގާތްގަނޑަކަށް ތިން ގަޑިއިރު ވަންދެން މުއިއްޒު އިއްވި ރިޔާސީ ބަޔާނުގައި ވަނީ އަލުން ނޫސްވެރިންގެ ބައްދަލުވުން ފަށާނެ ކަމަށް ވިދާޅުވެފަ އެވެ.
"މީޑިއާއަށް ސީދާ އަޅުގަނޑު މައުލޫމާތު ދިނުމުގެ ގޮތުން މި އަހަރުގެ މާޗު މަހުން ފެށިގެން އާންމު އުސޫލެއްގެ މަތިން ކޮންމެ ހަފްތާއަކު ހޯމަ ދުވަހުގެ ހެނދުނު 10:00 އިން 11:00 އަށް ނޫސްވެރިންނާ އަޅުގަނޑު ބައްދަލުކުރާނަން،" މުއިއްޒު ޔަގީންކަން ދެއްވި އެވެ.
އޭގެ އިތުރުން ކެބިނެޓުގައި ހިމެނޭ މިނިސްޓަރުން ވެސް ކޮންމެ ހަފްތާއަކު އެއް ދުވަހު އެއް ގަޑިއިރަށް ނޫސްވެރިންނާ ބައްދަލުކުރައްވަން ޖެހޭނެ ކަމަށާއި އެކަމުގެ ތާވަލު ރައީސް އޮފީހުން ހާމަކުރަމުންދާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒުގެ ވެރިކަމުގެ ތިންވަނަ އަހަރު ގުނަމުން އަންނައިރު، މިހާތަނަށް ބާއްވާފައިވަނީ އެންމެ ދެ ނޫސްވެރިންގެ ބައްދަލުވުމެވެ. ފުރަތަމަ ބައްދަލުވުން ބޭއްވީ ޑިސެމްބަރު 5، 2023، ގަ އެވެ. ރިކޯޑު ހެދި ނޫސްވެރިންގެ ބައްދަލުވުން ބޭއްވީ އޭގެ 515 ދުވަސް ފަހުންނެވެ.
ނޫސްވެރިންނަށް ފިލައިގެން އުޅުއްވަމުން، މުއިއްޒުގެ ސަރުކާރުން މި ފަހުން ވަނީ މިނިވަން މީޑިއާ ނެތިކޮށްލުމަށް ގާނޫނެއް ހަދައި، މީޑިއާ ކޮންޓްރޯލް ކުރަން ކޮމިޝަނެއް އުފައްދާފަ އެވެ.
މި ގާނޫނު އުވައިލަން ބައިނަލްއަގުވާމީ އެކި ޖަމާއަތްތައް ހިމެނޭގޮތަށް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ. އޭގެ ތެރޭގައި އދ. އާއި ޔޫރަޕިއަން ޔޫނިއަން، އެމެރިކާ، އިނގިރޭސިވިލާތް، އައިއެފްޖޭ، އާރުއެސްއެފް، ސީޕީޖޭ ހިމެނެ އެވެ.
މާޗު މަހުން ފެށިގެން ކޮންމެ ހޯމަ ދުވަހެއްގައި ނޫސްވެރިންނާ ބައްދަލުކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ މާޗު މަހުން ފެށިގެން ކޮންމެ ހޯމަ ދުވަހެއްގައި ނޫސްވެރިންނާ ބައްދަލުކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ