ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ފަތުރުވެރިކަމުގެ ތަފާތު ތަޖުރިބާތައް ފޯރުކޮށްދިނުމުގައި މަޝްހޫރު ކުންފުންޏެއް ކަމަށްވާ ޕަލްސް ހޮޓެލްސް އެންޑް ރިސޯޓްސްއަށް، ސިންގަޕޫރު ބިޒްނަސް އެވޯޑްސް 2026ގެ އެވޯޑެއް ލިބިއްޖެ އެވެ.
ވީ ކިހިނެއް؟ - ޕަލްސް ހޮޓެލްސްއަށް ލިބުނީ 'އެކްސްޕީރިއެންޝަލް ހޮސްޕިޓާލިޓީ އެންޑް ގެސްޓް އެކްސްޕީރިއަންސް އެކްސެލެންސް އެވޯޑް' އެވެ.
ތަފްސީލް - އޭޕެކް އިންސައިޑާ އިން ބޭއްވި މި އެވޯޑަކީ، ވާދަވެރި ވިޔަފާރީގެ މާހައުލުގައި އާ އީޖާދުތަކާއި ފާހަގަކޮށްލެވޭ ކާމިޔާބީތަކުގެ އިތުރުން ދާއިރާއަށް އިންގިލާބީ ބަދަލުތަކެއް ގެނެސްދޭ ކުންފުނިތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ އެވޯޑެކެވެ.
މި އެވޯޑް ލިބޭ ފަރާތްތައް ކަނޑައަޅަނީ އެ ފަރާތްތަކުން ދާއިރާއަށް ކޮށްދީފައިވާ ހިދުމަތްތަކާއި ހޯދާފައިވާ ކުރިއެރުންތަކަށް ބަލައިގެންނެވެ.
ޕަލްސް ހޮޓެލްސްއަށް ލިބުނު އެވޯޑަކީ، ފަތުރުވެރިންގެ ބަދަލުވަމުން އަންނަ ބޭނުންތަކާއި އުއްމީދުތަކަށް ވުރެ ފުރިހަމަ ހިދުމަތްތަކެއް ފޯރުކޮށްދީ، ތަފާތު އަދި އީޖާދީ ގޮތްތަކަށް މެހެމާނުންނަށް މަރުހަބާ ކިޔުމުގައި ނަމޫނާ ދައްކަމުން އަންނަ ކުންފުނިތަކަށް ދޭ ޝަރަފެކެވެ.
އެނގުން މުހިންމު - ޕަލްސް ހޮޓެލްސް އިން ރާއްޖޭގައި ފާހަގަކޮށްލެވޭ ރިސޯޓުތަކެއް ހިންގަ އެވެ. މީގެ ތެރޭގައި:
އެންމެ މަތީ ފަންތީގެ ހިދުމަތްދޭ ދަ ނޯޓިލަސް މޯލްޑިވްސް
ތަފާތު މުނިފޫހިފިލުވުމުގެ ހަރަކާތްތަކަށް ހާއްސަ ކަނޑިމަ މޯލްޑިވްސް
އާދަޔާހިލާފު ތަޖުރިބާތަކެއް ގެނެސްދޭ ނޯވާ މޯލްޑިވްސް
ތިމާވެއްޓާ ރައްޓެހި އެރި މޯލްޑިވްސް
މީގެ އިތުރުން ވެސް އެ ކުންފުނިން އަންނަނީ މި އަހަރާއި އަންނަ އަހަރު ވެސް އާ ރިސޯޓުތަކެއް ހުޅުވަން ތައްޔާރުވަމުންނެވެ. އޭގެ ތެރޭގައި، ކަނޑިމައިގައި ހަދާ ދަ ކޮރަލް ރެސިޑެންސަސް ފަދަ ވިއްކާ ވިލާތައް ހިމެނެ އެވެ.
ރާއްޖޭގެ ޕަލްސް ހޮޓެލްސްއަށް ސިންގަޕޫރުގެ އެވޯޑެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ