އޭއޯ ރޯދައިގެ ބަދިގެ އަކީ ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހަށް ޚާއްޞަ ކޮށްގެން އޭއޯ ނިއުސް އިން ގެނެސްދޭ ޚާއްޞަ ކޮލަމެކެވެ. މި ގޮތުން ރޯދަ މަހުގެ 32ވަނަ ދުވަހަށް ޚާއްޞަ ކޮށްގެން މިގެނެސްދެނީ ވަރަށް ތަފާތު އަދި މީރު “ ކްރީމީ ޗިކެން ޕާސްތާ” ތައްޔާރުކުރާނެ ގޮތެވެ.
ބޭނުންވާނެ ތަކެތި:
250ގ ޕާސްތާ 2 ސައިސަމުސާ ލޮނު 1 ކިލޯ ކުކުޅު (ބޯންލެސް، ކިޔުބުކޮށް ކޮށާފައި) 1/2 ސައިސަމުސާ އަސޭމިރުސް ލުނބޯހުތް 1 މޭޒުމަތީ ސަމުސާ ފުށް 2 މޭޒުމަތީ ސަމުސާ ބަޓަރު 2 މޭޒުމަތީ ސަމުސާ ތެޔޮ 4 ލޮނުމެދު (ޗިސްކޮށްލާފައި) 400ގ ހެވީ ކްރީމް 150ގ ޗީޒް (މޮޒަރެއްލާ) ފެން
ތައްޔާރުކުރާނެ ގޮތް: ފެން ކައްކާށެވެ. އަދި އެއް ސައިސަމުސާ ލޮނު އަޅާފައި ޕާސްތާތައް ކައްކާށެވެ. ރީތިކޮށް މަޑުވުމުން ފެންފޮދު އޮއްސާލާފައި ބަހައްޓާށެވެ. ބޯތައްޓަށް ކުކުޅުތައް އަޅާށެވެ. އަދި ލޮނާއި އަސޭމިރުހާއި ލުނބޯ ހުތްކޮޅެއް އާއި ފުށް އަޅާފައި އެއްކޮށްލާށެވެ. ތަވާއެއްގައި ބަޓަރު ހޫނު ކޮށްލާށެވެ. އަދި ކުކުޅުކޮޅު އަޅާފައި ރަނގަޅަށް ރޯފިލުވާލާށެވެ. ބޯތައްޓަށް ކުކުޅުތައް ނެގުމަށް ފަހު ތަވާއަށް ތެޔޮ ފޮދެއް އަޅައި ހޫނުކޮށްލާށެވެ. ލޮނުމެދުކޮޅު އަޅާލަށެވެ. ލޮނުމެދު ފްރައި ވުމުން ހެވީ ކްރީމް އަޅާށެވެ. ކިރުފޮދު ކެކުމުން ދިރި އަޅާށެވެ. އަދި ޗީޒް އަޅާފައި އޮލަ ވަންދެން ކައްކާލާށެވެ. ދެން ޕާސްތާ އަޅާ އެއްކޮށްލުމަށް ފަހު ކުކުޅުތައް ވެސް އަޅާލާށެވެ. ދެ މިނެޓް ކައްކާލުމަށް ފަހު އުނދުން ނިވާލާށެވެ.
އޭއޯ ރޯދައިގެ ބަދިގެ: ޗޮކްލެޓް ބޯލްސް އޭއޯ ރޯދައިގެ ބަދިގެ: ޕިއްޒާ ރޯލް އޭއޯ ރޯދައިގެ ބަދިގެ: ޓްރިޕްލް އޯރެއޯ ބްލޫބެރީ މަފިން އޭއޯ ރޯދައިގެ ބަދިގެ: މޮންގޯލިއަން ރައިސް މަގުބޫލު ލިޔުންތައް މާލޭގެ ގެއަކުން މީހަކު ސަލާމަތްކުރި ބިރުވެރި ހާދިސާ 9,000 ރުފިޔާގެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ