ސްކޫލް ނިންމުމަށްފަހު އަމިއްލަ ވިޔަފާރިއެއް ފެށުމަށް ޝައުގުވެރިވާ ޒުވާނުންނަށް ބޭނުންވާ ފުރުސަތުތައް ފަހިކޮށްދިނުމަށް ސަރުކާރުން ހާއްސަ މަސައްކަތްތަކެއް ކުރަމުންދާކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، ޔޫތް ކޮފީ ވިތް ޕްރެޒިޑެންޓް ސެގްމަންޓްގައި ބައިވެރިވެވަޑައިގެން ރޭ ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސްގެ ވާހަކަފުޅުގައި، ޒުވާނުންގެ އިސްނެގުމުގައި ހިންގާ ވިޔަފާރިތަކުގެ ނިސްބަތް މިހާރު މަދުކަން ފާހަގަކުރެއްވިއެވެ. އަދި ޒުވާނުންގެ ފަރާތުން ފާޅުކުރި ކަންބޮޑުވުންތަކަށް ރިއާޔަތްކުރައްވައި، ވިޔަފާރީގެ ދާއިރާގައި ޒުވާނުންނަށް ހުރި ގޮންޖެހުންތައް ހައްލުކޮށްދެއްވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތަފްސީލު އެމަނިކުފާނު ހިއްސާކުރެއްވިއެވެ.
މިގޮތުން ސްކޫލް ނިންމާ ކުދިންނަށް ވިޔަފާރީގެ ދާއިރާއަށް ވަނުމަށް މަގުފަހިކުރުމުގެ ގޮތުން ސްކޫލް ސިސްޓަމްގެ ތެރެއިން އެކިއެކި ހައްލުތައް ހޯދައިދިނުމަށް މަސައްކަތް ކުރަމުންދާކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން އޭ-ލެވެލް ޕާތުވޭގެ ތެރެއަށް ވޮކޭޝަނަލް ޕާތުވޭއެއް މިހާރު ގާއިމުކުރެވިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ބަދަލުތަކުގެ ސަބަބުން ސްކޫލް ނިންމުމަށްފަހު ވަޒީފާގެ ބާޒާރަށް ނުވަތަ އަމިއްލަ ވިޔަފާރިއަކަށް ނުކުންނަން ބޭނުންވާ ކުދިންނަށް ބޭނުންވާ ފަންނީ ހުނަރާއި ތަމްރީނު ލިބިގެންދާނެއެވެ. ސަރުކާރުގެ އަމާޒަކީ ޒުވާނުންނަކީ އިގްތިސާދީ ގޮތުން ބާރުވެރި ބަޔަކަށް ހެދުމަށްޓަކައި ހުރި ހުރަސްތައް ނައްތާލުން ކަމުގައި ރައީސް ވިދާޅުވިއެވެ.
ނެޝަނަލް ޔޫތު ކޮންފަރެންސް އަކީ، ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒަރީ ބޯޑާއި މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް ގުޅިގެން ދެދުވަހުގެ މުއްދަތަށް ބޭއްވި ކޮންފަރެންސެކެވެ.
Thiladhun © 2019 – 2025| Made with in #Thiladhunmathi
Thiladhun © 2019 – 2025
Made with ❤️ in #Thiladhunmathi
ސްކޫލް ނިންމުމަށްފަހު ވިޔަފާރިއެއް ފެށުމަށް ބޭނުންވާ ޒުވާނުންނަށް ސަރުކާރުން އަންނަނީ ފުރުސަތު ފަހިކޮށްދެމުން: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ