މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓް (ޖީއައިއޭ) ކަސްޓަމަރުންނަށް ހާއްސަކޮށް، 'ސޭވް ވިތު އެމްއައިބީ 2026'ގެ ނަމުގައި ޕްރޮމޯޝަނެއް އިއްޔެ ފަށައިފި އެވެ.
ވީ ކިހިނެއް؟ - މި ޕްރޮމޯޝަނަކީ އެމްއައިބީގައި ޖީއައިއޭ އަލަށް ހުޅުވާ ކަސްޓަމަރުންނަށް އަމާޒުކޮށްގެން، އަގުހުރި އިނާމުތަކާ އެކު ކުރިއަށްގެންދާ ހަރަކާތެކެވެ.
އަންނަ 19 ޖޫންގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮމޯޝަންގައި އޮންލައިން ފޯމެއް މެދުވެރިކޮށް ބައިވެރިވެވޭނެ އެވެ.
މި މުއްދަތުގެ ތެރޭގައި ކޮންމެ ހަފްތާއަކު ނަސީބުވެރިއަކު ހޮވައި އެ ފަރާތްތަކަށް އަގުހުރި އިނާމުތައް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
ތަފްސީލް - އެމްއައިބީން ބުނި ގޮތުގައި، މި ޕްރޮމޯޝަންގެ މުއްދަތުގައި ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓް ހުޅުވައިގެން އެއަށް ޖަމާކުރާ ފައިސާއަށް މާކެޓްގައި މިހާރު ހުރި އެންމެ ރަނގަޅު އަދި ވާދަވެރި ރޭޓުތަކުގައި ފައިދާ ލިބޭނެ އެވެ. ދިވެހި ރުފިޔާގެ އިތުރުން ޑޮލަރުން ވެސް ހުޅުވޭ މި އެކައުންޓްތަކަކީ މަދުވެގެން އެއް އަހަރުދުވަހުގެ މުއްދަތަށް ފައިސާ ބަހައްޓަންޖެހޭ އެކައުންޓްތަކެކެވެ.
މުސްތަގްބަލަށް ފައިސާ ރައްކާކުރަން ބޭނުންވާ ފަރާތްތަކަށް މިއީ ރަނުގެ ފުރުސަތެކެވެ. އެމްއައިބީގެ އެހެނިހެން ހިދުމަތްތަކެކޭ އެއްފަދައިން، ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓަކީ ވެސް ބޭންކަށް ދާންނުޖެހި، ޑިޖިޓަލްކޮށް ވަރަށް ފަސޭހައިން ހުޅުވޭނެ އެކައުންޓެކެވެ.
އެމްއައިބީން ޕްރޮމޯޝަނެއް: 8 ހަފްތާގައި 8 ނަސީބުވެރިންނަށް އަގުހުރި އިނާމު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ