ތިމަލާލެ ބްރިޖް ނިންމައިދޭނެކަމަށް ބުނެ، ބްރިޖްގެ މަސައްކަތް ކުރާ ކޮންޓްރެކްޓަރު އެއްމެ ފަހުން ދިން ތާރީޚަށްވެސް ނުނިމި، ބްރިޖް ނިންމަން އަނެއްކާވެސް އިތުރު މުއްދަތެއް ދީފައިވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، ކޮންޓްރެކްޓަރ، ބުރިޖުގެ މަސައްކަތް ނިންމަން ދިން އެތަށް ތާރީޚްތައް ފަހަނައަޅާފައިވާކަމަށާއި ޕްރޮޖެކްޓް ވަރަށް ބޮޑަށް ލަސްވަމުންދާކަމަށެވެ. އަދި މަސައްކަތްތައް ނުނިމި، ޕްރޮޖެކްޓްގެ މުއްދަތު އިތުރުކުރުމަށް ކޮންޓްރެކްޓަރ ވަރަށް ބޮޑަށް އެދެމުންދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ ކުރިންވެސް، ސަރުކާރުން ދިން ތާރީޚްތައް ފަހަނައަޅާ، ކޮންޓްރެކްޓަރ އެދިގެން ކުންފުންޏަށް ގެއްލުންވާގޮތަށްވެސް އެ ކުންފުނިން ވަގުތު ހޯދަން އެދިފައިވެއެވެ. އެއީ އެ މުއްދަށް 100 މިލިޔަނަށްވުރެ އިތުރަށް ކުންފުނިން ޚަރަދުވާގޮތަށް، 30 މަސް ދުވަހުގެ މުއްދަތެކެވެ.
ތިލަމާލެ ބްރިޖް: ދިން ތާރީޚަށް ނުނިމި، އަނެއްކާވެސް އިތުރު މުއްދަތެއް ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ