މިއަދު އިރުއޮއްސެން ދިޔައިރު ވ. އަތޮޅުގައި އޮތް ސަފާރީގައި ޖުމްލަ 25 މީހުން ތިބި ކަމަށާއި އެ އެންމެން ވެސް ސަލާމަތްކޮށްފައިވާ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ. ފުލުހުން ބުނި ގޮތުގައި އެ އަލިފާން މިހާރު ވަނީ ކޮންޓްރޯލްކޮށްފަ އެވެ.
ވީ ކިހިނެއް؟ - ވ. އަތޮޅު ކުޑަ އަންބަރާ ދިމާ 3 މޭލު ބޭރުގައި އޮތް “ޔަސާވާ ޕްރިންސެސް “ ނަމަކަށް ކިޔާ ސަފާރީއެއްގައި އަލިފާން ރޯވެފައިވާ ކަމަުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ، މިއަދު ހަވީރު 5:54ހާއިރު އެވެ.
ފުލުހުންގެ ބަސް - ފުލުހުން މީޑީއާ ގްރޫޕަށް ފޮނުވި މެސެޖެއްގައި ބުނީ، އަލިފާނުގެ ހާދިސާގެ މައުލޫމާތު ލިބުމާއެކު، އެ ސަރަހައްދަށް ގޮސް ސަފާރީގައި ތިބި 25 މީޙުން ސަލާމަތްކޮށް، ވ. ފެލިދޫއަށް ގެންގޮސްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ:
17 ފަތުވެރިން؛ އެއީ، 5 ފިރިހެނުން އަދި 12 އަންހެނުން
8 ފަޅުވެރިން؛ އެއީ، 3 ދިވެހިން އަދި 5 ބަންގްލަދޭޝް ފިރިހެނުންނާއި ޖަރުމަނު ރައްޔިތެއް
"ސަފާރީގައި ރޯވި އަލިފާން މިހާރު ކޮންޓްރޯލް ކުރެވިފައިވީނަމަވެސް އަދިވެސް އަލިފާން އެއްކޮށް ނިއްވާނުލެވޭ. އަލިފާން ނިއްވުމުގެ މަސައްކަތް ދަނީ ކުރަމުން،" ފުލުހުން އިތުރަށް ބުންޏެވެ.
މިހާދިސާއާ ގުޅިގެން އަދިވެސް ފުލުހުން އެ ސަރަހައްދުގައި ދަނީ ހަރަކާތްތެރިވަމުންނެވެ. އަދި ބަލަން ޖެހޭ ކަންކަން ފުލުހުން ބަލަމުންދާ ކަމަށް ފުލުހުންގެ އެ މެސެޖްގައިވެ އެވެ.
މި ހާދިސާއާ ގުޅިގެން އެއްވެސް މީހަކަށް ގެއްލުން ލިބުނުކަމެއް އަދި ކަށަވަރެއް ނޫނެވެ.
ސަފާރީގައި ތިބި 25 މީހުން ސަލާމަތްކޮށް އަލިފާން ކޮންޓްރޯލްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ