އެމްއައިބީން ނެގި 2 މިލިއަންގެ ލޯނެއް ނުދައްކައިގެން މާލޭ ގެއެއް ނީލަން ކިޔަނީ

މޯލްޑިވްސް އިސްލާމިކް ބެންކު (އެމްއައިބީ)ން ނަގާފައިވާ 2 މިލިއަން ރުފިޔާގެ ލޯނެއް ނުދައްކައިގެން މާލޭގެ 830 އަކަފޫޓުގެ ގެއެއް ނީލަމުގައި ވިއްކާލަން އިއުލާނުކޮށްފި އެވެ.
ވީ ކިހިނެއް؟ - އެމްއައިބީން އިއުލާނުކޮށްފައިވަނީ މއ. ކުދިމަގޫގެ، ނިކަގަސްމަގު ނީލަމުގައި ވިއްކާލުމަށެވެ.
ތަފްސީލް - ކުދިމަގޫގޭގެ ގޯއްޗާއި އެ ގޯތީގައިވާ އިމާރާތްތަކާއި ނުއުފުލޭ މުދާ ވިއްކާލަނީ އެމްއައިބީގެ ކޮންސްޓްރަކްޝަން އިސްތިސްނާ ފައިނޭންސިންގެ ފެސިލިޓީއަކަށް އެ ގެ ރަހުނުކޮށްފައިވާތީ އެވެ.
އެ ފެސިލިޓީއަށް ފައިސާ ދައްކަމުން ނުދާތީ ރަހުނު ވިއްކައިލުމުގެ ހުއްދައިގެ އަމުރު ސިވިލް ކޯޓުން ނެރުނީ މިދިޔަ 1 ޑިސެމްބަރުގަ އެވެ.
އެ ގެ ނީލަމުގައި ވިއްކާލަން ނިންމާ އެމްއައިބީން ނެރުނު އިއުލާނުގައިވާ ގޮތުން:
ނީލަން ފެށުމުގެ އެންމެ ދަށް އަގަކީ 12 މިލިއަން ރުފިޔާ
ނީލަން ފެށުމަށް އަގު ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން މި މަހުގެ 26 ވަނަ ދުވަހުގެ މެންދުރު 1އާ ހަމައަށް އޮންނާނެ
ފެށޭ އަގަށް ވުރެ ބޮޑު އަގެއް ހުށަހެޅުމަށް މަދުވެގެން 500،000ރ. އިތުރު ކުރަން ޖެހޭނެ
އަމިއްލަ ފަރުދުންނާއި ކުންފުނިތަކަށް ވެސް މި ބީލަމުގައި ބައިވެރިވެވޭނެ
ބީލަން ހުށަހަޅާއިރު ބިޑް ސެކިޔުރިޓީގެ ގޮތުގައި 100،000ރ. ހުށަހަޅަން ޖެހޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ