1.6 ބިލިއަން ރުފިޔާއަށް އަގު އަރާ 14 މަޝްރޫއު، އެމްޓީސީސީއާ ހަވާލުކޮށްފި
ދޮޅު ބިލިއަނަށް ވުރެ ގިނަ ރުފިޔާއަށް 14 ރަށެއްގައި އުމްރާނީ މަޝްރޫއުތަކެއް ހިންގުމަށް، ކޮންސްޓްރަކްޝަން މިނިސްޓްރީން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ މިއަދު ހަވާލުކޮށްފިއެވެ. މި މަޝްރޫއުތައް އެމްޓީސީސީއާ ހަވާލުކޮށް އެކަމާ ގުޅޭ އެއްބަސްވުންތަކުގައި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާޢީލް ޙަމީދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު ސަޢުދީއެވެ. އެމްޓީސީސީއާ ސަރުކާރުން ހަވާލުކުރީ ހއ. އިހަވަންދޫގައި އާޓިފިޝަލް ބީޗެއް ތަރައްގީކުރުމަށާއި ގދ. ފަރެސްމާތޮޑާގެ މަގު ހެދުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ކުރިއަށް ގެންދިއުން ހިމެނޭހެން ދެ ރަށެއްގައި ބަނދަރު ތަރައްގީކުރުމަށާއި، ހަތް ރަށެއްގެ ބިން ހިއްކައި ގޮނޑުދޮށް ހިމާޔަތްކުރުމަށާއި، ތިން ރަށެއްގެ ގޮނޑުދޮށް ހިމާޔަތްކުރުމަށެވެ. https://x.com/MTCCPlc/status/2008562169407995942 އެގޮތުން ބަނދަރު ތަރައްގީކުރަނީ ހއ. މުރައިދުއާއި ރ. އުނގޫފާރުގައެވެ. އޭގެ އިތުރުން ހއ. ފިއްލަދުއާއި ނ. މާފަރާއި ކ. ގާފަރުގައި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ކުރިއަށް ގެންދާއިރު، ހއ. ވަށަފަރާއި، ނ. ހެނބަދުއާއި އެ އަތޮޅުގެ މާޅެންދުއާއި ހޮޅުދުއާއި ރ. އަލިފުށްޓާއި ދ. ބަނޑިދުއާއި ގއ. ކަނޑުހުޅުދޫގައި ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ކުރިއަށް ގެންދާނެއެވެ. މި މަޝްރޫއުތަކުގެ އަގު 1.67 ބިލިއަން ރުފިޔާއަށް އަރައެވެ. އެގޮތުން: ހއ. މުރައިދޫގެ ބަނދަރު ތަރައްގީކުރުން - 54.8 މިލިއަން ރުފިޔާ ރ. އުނގޫފާރުގެ ބަނދަރު ތަރައްގީކުރުން - 139.73 މިލިއަން ރުފިޔާ ހއ. ފިއްލަދޫގެ ގޮނޑުދޮށް ހިމާޔަތްކުރުން - 24.07 މިލިއަން ރުފިޔާ ނ. މާފަރުގެ ގޮނޑުދޮށް ހިމާޔަތްކުރުން - 63.35 މިލިއަން ރުފިޔާ ކ. ގާފަރުގެ ގޮނޑުދޮށް ހިމާޔަތްކުރުން - 64.3 މިލިއަން ރުފިޔާ ހއ. ވަށަފަރުގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުން - 242.65 މިލިއަން ރުފިޔާ ނ. ހެނބަދޫގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުން - 91.94 މިލިއަން ރުފިޔާ ނ. މާޅެންދޫގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުން - 63.62 މިލިއަން ރުފިޔާ ނ. ހޮޅުދޫގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުން - 103.28 މިލިއަން ރުފިޔާ ރ. އަލިފުށިގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުން - 106.14 މިލިއަން ރުފިޔާ ދ. ބަނޑިދޫގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުން - 221.95 މިލިއަން ރުފިޔާ ގއ. ކަނޑުހުޅުދޫގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުން - 183.77 މިލިއަން ރުފިޔާ ހއ. އިހަވަންދޫގެ އާޓިފިޝަލް ބީޗު ހެދުން - 54.8 މިލިއަން ރުފިޔާ ގދ. ފަރެސްމާތޮޑާގެ މަގު ހެދުން (ދެވަނަ ފިޔަވަހި) - 255.21 މިލިއަން ރުފިޔާ ފާހަގަކުރެވޭ ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން ފައިދާގައި ހިނގި އެމްޓީސީސީއަށް މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ބޮޑު ގެއްލުމެއްވިއެވެ. ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑުތައް ބަލަހައްޓާ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕޮރަޓައިޒޭޝަން ބޯޑުން އާންމުކުރި މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ރިޕޯޓުގައިވާ ގޮތުން، އެމްޓީސީސީއަށް ވަނީ ޖުމުލަ 19.66 މިލިއަން ރުފިޔާގެ ގެއްލުމެއް ލިބިފައެވެ. އެއީ 2024ވަނަ އަހަރުގެ ފަހު ކުއާޓަރުގައި އެ ކުންފުންޏަށް ވީ 3.8 މިލިއަންގެ ގެއްލުމާ ބަލާއިރު ބޮޑު ދަށްވުމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ