'ޓޫ އޮފް އަސް'ގެ ޝޯއާއެކު 'ކްރޭޕްރަނާ'ގެ އައުޓްލެޓެއް ކުޅުދުއްފުށީގައި ހުޅުވަނީ

ދުނިޔޭގެ މަޝްހޫރު ފާސްޓްފުޑް ޗެއިން އެއް ކަމަށްވާ 'ކްރޭޕްރަނާ'ގެ އައުޓްލެޓެއް ކުޅުދުއްފުށީގައި ހުޅުވަން ތައްޔާރުވެއްޖެ އެވެ.
'ކްރޭޕްރަނާ' އިން ބުނީ، ކުޅުދުއްފުށީގައި ހުޅުވާ މި އައުޓްލެޓަކީ ރާއްޖޭގައި މިހާތަނަށް ހުޅުވާ އެންމެ ބޮޑު އައުޓްލެޓްކަމަށާއި އަދި މިއީ މާލެ ސަރަހައްދުން ބޭރުގައި ހުޅުވާ އެ ޗެއިންގެ ފުރަތަމަ އައުޓްލެޓް ކަމަށެވެ.
10 އެޕްރީލްވާ ހުކުރުދުވަހު ހަވީރު އެ އައުޓްލެޓް ހުޅުވާއިރު ރަސްމީކޮށް ހުޅުވުން އޮންނާނީ އެ ދުވަހުގެ ރޭގަނޑު އެވެ. ހަވީރު ހުޅުވުން އޮންނާނީ ބޮޑުބެރުގެ ހަރަކާތަކާ އެވެ. އެ ދުވަހު އެންމެ ފުރަތަމަ އަންނަ 30 ކަސްޓަމަރުންނަށް 'ބައި ވަން ގެޓް ވަން ފްރީ' ލިބިގެންދާނެކަމަށް ކްރެޕްރަނާ މޯލްޑިވްސް އިން ހާމަކުރެ އެވެ.
ރަސްމީކޮށް ހުޅުވުން ރޭގައި ކުރިއަށްދާއިރު ރާއްޖޭގެ މަޝްހޫރު މިއުޒިކް ބޭންޑްކަމަށްވާ 'ޓޫ އޮފް އަސް' ގެ ހުށަހެޅުންތައް ފެނިގެންދާނެ އެވެ.
ކުޅުދުއްފުށީގައި ހުޅުވާ މި އައުޓްލެޓް ހުޅުވަނީ އަމީނީމަގުގައި ހުންނަ ގުލާބީގެގައި އެވެ. މިއުޒިކް ޝޯގެ ހަރަކާތްތައްވެސް ކުރިއަށްދާނީ އެ ސަރަހައްދުގަ އެވެ.
2019 ވަނަ އަހަރު ސްރީލަންކާ އުފެދުނު 'ކްރެޕްރަނާ'ގެ އައުޓްލެޓްތައް ސްރީލަންކާގެ އިތުރުން އިންޑިޔާ، ގަތަރުގަ ހުރެ އެވެ. މިއީ ރާއްޖޭގައި ހުޅުވާ ހަތަރުވަނަ އައުޓްލެޓެވެ.
ކުޅުދުއްފުށީގައި ހުޅުވަން ތައްޔާރުވެފައިވާ 'ކްރޭޕްރަނާ'ގެ އައުޓްލެޓް--
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ